އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ޗައިނާގެ ކުންފުންޏަކާ 37 މިލިަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
އައްޑޫފެ ކަރަންޓު މަޝްރޫއު ހަވާލު ކޮށްފައިވަނީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް ކުންފުންޏަށެވެ.
އައްޑޫ ކަރަންޓުގެ މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުމަށް މާގިރި ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައްޑޫގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްތަކަށް ވެސް ކަރަންޓުގެ މައްސަލަ ވަަރަށް ބޮޑު ކަމަށާއި މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު އެކަން އެއްކޮށް ހައްލުކުރާވޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން، ފައްޔާޒުގެ ވާހަކަފުޅުގައި ކަރަންޓަކީ ހުރިހާ ޑިވެލޮޕްމެންޓަކާ ވެސް ގުޅުން ހުރިކެއްކަމަށާއި ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ އިތުރުން އިކޮނޮމިކް އެކްޓިވިޓީ ކުރިއަށް ގެންދަން ވެސް ކަރަންޓްގެ މައްސަމަ ހައްލު ވާން ޖެހޭކަން ފާހަގަ ކުރައަވާފައިވެއެވެ.
މިހާރު އައްޑޫގެ ކަރަންޓު ކެޕޭސިޓީ އަކީ 7 މެގަވޮޓްއެވެ. ނަމަވެސް، މި މަޝްރޫއު ނިމުމުން އައްޑޫގެ ކަރަަންޓްގެ ކެޕޭސިޓީ 36 މެގަވޮޓަށް އިތުރުވާނެކަމަށް ވެއެވެ. އައްޑޫ ކަރަންޓުގެ މަޝްރޫއު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ފެނަކައިގެ ބެލުމުގެ ދަށުންނެވެ.
މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މި މަޝްރޫއުގެ ތެރޭއިން 10 މެގަވަޓްގެ ސޯލާ ޕްރޮޖެކްޓެއްވެސް ހިންގަން ހަމަޖެހިފައިވާ ކަމަށާއި މީގެ ސަބަބުން އައްޑޫގެ ކަރަންޓުގެ 70 އިންސައްތަ ސޯލާ ހަކަތަޔަށް ބަދަލު ކުރެވޭނެ ކަމަށެވެ.