ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވަމުލަކު ރިންގްރޯޑުގެ މަސައްކަތް ފަށައިފި

ފުވަމުލަކު ރިންގްރޯޑުގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ.... ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވަމުލަކު ސިޓީ ރިންގް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫޢު ހަވާލުކޮށްފައިވާ އެމްޓީސީސީއިން ބުނީ ފުވަމުލަކުގެ ނައިބު ތުއްތު ހިނގުން ނުވަތަ ރިންގް ރޯޑުގެ ހެދުމުގެ މަޝްރޫޢުގެ ތާރުއެޅުމުގެ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

މަޝްރޫޢު ފެށުމުގެ ކުރިން ޑިޒައިނަށް ބަދަލުގެނެސްފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ. އެގޮތުން ވެއްޔާ ސިމެންތި ބޭނުންކޮށްގެން އަޅާ ބޭސްކޯސް ފަށަލައިގެ ބަދަލުގައި ހިލަބޭސްކޯސް (އެގްރިގޭޑް ބޭސްކޯސް) ފަށަލައަކަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމީ މިފަދަ މަޝްރޫޢުތައް މީގެކުރިން ހިންގުމުގައި ތަޖުރިބާއަށް ބަލާ މަޝްރޫޢުތަކުގެ ފެންވަރު ރަނގަޅުކުރުމަށެވެ.

ފުވަމުލަކު ރިންގްރޯޑު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ… ފޮޓޯ: އެމްޓީސީސީ

އެމްޓިސީސީއިން ބުނީ ފުވަމުލަކު ރިންގްރޯޑުގެ ހެދުމުގެ މަސައްކަތް ފަށާފައިވަނީ އެމަގުގައި ތާރުއަޅާ ނިންމާފައިވާ ހިސާބުން ފެށިގެން ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ  ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުވަމުލަކު ރިންގްރޯޑް ހެދުމުގެ މަސައްކަތް ސަރުޚާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 24،300 ސްކުއާ މީޓަރުގެ ރިންގްރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެންހިންދާ ނިޒާމް ޤާއިމްކުރުމަށް ވަނީ އެއްބަސްވެފައެވެ. މި މަޝްރޫޢުއަށް 32،042،893.70 (ތިރީސް ދެ މިލިއަން ސާޅިސް ދެ ހާސް އަށްސަތޭކަ ނުވަދިހަ ތިން ރުފިޔާ ހަތް ދިހަ ލާރި) ޚަރަދުވެއެވެ. މަސައްކަތް ފަށާތާ 240 ދުވަސް ތެރޭ ނިންމާ ގޮތަށް ވަނީ އެއްބަސްވެފަވެ. އެހެން ކަމުން މި މަސައްކަތް އަންނަ އަހރުގެ މެއި މަސް ތެރޭގައި ނިންމާލާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: