ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޜ ޖަމީލްގެ ފާޑުވިދާޅުވުން ރައީސް ސާލިޙްއަށް!

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެމް) އިން ނެރުނު ރިޕޯޓާއި ދެކޮޅަށް އަޑުއުފުލާ ކައުންސިލްތަކާއި ޢިލްމްވެރިންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން އުޅޭ ކަމަށް ބުނެ އަޑުތައް ފެތުރިފައި ވަނިކޮށް އެކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާނަށާއި މާތް ނަބީއްޔާގެ ހަދީސް ބަސްފުޅުތަކަށް ފުރައްސާރަކޮށް އެމްޑީއެންއިން ރިޕޯޓެއް ނެރެފައިވާއިރު އެ ޖަމްއީއްޔާ ސަސްޕެންޑް ކުރުން ފިޔަވައި އިތުރު ފިޔަވަޅެއް ސަރުކާރުން އަޅާފައި ނުވާތީ ޑރ ޖަމީލް ގެންދަވަނީ ސަރުކާރަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޤައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅަކީ އިސްލާމްދީން ހިމާޔަތް ކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ އިސްލާމްދީނާއި ގައުމީ ސަލާމަތް ވަކިނުކުރެވޭނެ ކަމަށާއި އެހެން ކަމުްން ޢިލްމްވެރިންނާއި ކައުންސިލްތަކާއި މެދު ފިޔަވަޅު އެޅުން ހުއްޓާލަން ޖެހޭ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

https://twitter.com/MJameelAhmed/status/1188342705740345344

ޑޜ ޖަމީލް މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައިވާއިރު ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އިލްމުވެރިން ބޭރުގައި ނޫޅުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އިލްމުވެރިންގެ ގުޅުމުން ނެރުނު ކުރު ނޯޓެއްގައި ބުނެފައިވަނީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ އިލްމުވެރިން އެބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާ މެދުގައި ހާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިންމު ކަމުގައި އެ ގުޅުމުން ދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: