ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް 200،000( ދެލައްކަ) ރުފިޔާ ދެއްވި ކަމުގެ ތުހުމަތު ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިއަދުގެ ޖަލްސާ ކުރިއަސް ދަނިކޮށް ނަސްރުގެ ދުވަހާއި ގުޅިގެން ގާޒީ ހައިލަމް ކުރެއްވި ޕާސްޓެއްގެ މައްސަލަ ބެއްލުވުމަށް ޖޭއެސްސީން ނިންމައި ހައިލަމް ޖޭއެސްސީއަށް ހާޒިރު ވުމަސް އެންގެވުމުން އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގަިއ އެކަމާ އިހުތިޖާ ކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީއަށް ނިސްބަތްވެވަދައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ 19 މޭ 2019 ގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް އަށް އަލްހާން 200،000(ދެލައްކަ) ރުފިޔާ ދެއްވި ކަމަށް ބުނާ މައްސަލައެއް އެމްއެމްއޭގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ.
މެމްބަރު ވަހީދުގެ އެ ތުހުމަތުތަކާއި ގުޅިގެން އަލްހާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސަރުކާރުން ވަކިގޮތަކަށް ހުކުމެއް ކުރުވަން އުޅުއްވި ނަމަވެސް މިއީ ބޮޑުވަރު ކަމަށެވެ. އަދި މެމްބަރު ވަހީދު ކުރެއްވި ތުހުމަތުތައް ވަރަށް އަވަހަށް މީޑިއާއަށް ސާފްކޮށްދެއްވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
https://twitter.com/AlhanFahmy/status/1191613754217127936
އަލްހާން ފަހުމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްއަށް ފައިސާ ދިންކަމަށް ތުހުމަތު ކުރިއިރު މިއަދު ހެނދުނުގެ ވަގުތެއްގައި ހައިލަމް ވަނީ ސަސްޕެންޑްކޮށްފައެވެ. އަލްހާން ކުރެއްވި އެ ޓުވީޓުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި މޯލްޑިވްސް ޕޮލިސް ސާވިސް ވަނީ ޓެގުކޮށްފައެވެ.