ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިން ޖަލަށް ލުމުން، އުފާ ފާޅުކުރުމުގައި ރޮޒެއިނާ ބައިވެރިއެއް ނުވި!

މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް.... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމުގެ އުފާފާޅުކުުމުގައި އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ބައިވެރިވެވަޑައިގަތުމަސް އިންކާރު ކުރައްވައިފިއެވެ. 

ރޮޒެއިނާ ކުރެއްވި ޓުވީތެއްގައި ވިދާޅުވީ ޔާމިން ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމުގެ އުފަލުގައި ބޮޑުބަތް ކެއުމަށް މީހަކު ދައުވަތުދިން ނަމަވެސް އެ ދައުވަތު ޤަބޫލުނުކޮށް އިންކާރުކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ ޔާމީނަށް އިއްވި  ޙުކުމަކީ ޙައްޤު ޖަލު ޙުކުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޔާމީނަކީ އެތައް އާއިލާއެއްގެ ހިތްދަތި ކުރެއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް މީހަކަށް ކުރިމަތިވާ ހިތާމައިގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވިއެވެ.

https://twitter.com/Roxeyna/status/1200142256918761472

އެމްޑީޕީއާއި ގުޅުނުފަހުން ރޮޒެއިނާ އަކީ ރައީސް ޔާމިންއަށާއި އެމަނިކުފާނުގެ ސަރުކާރަށް އެންމެ ގިނައިން ފާޑުކިޔުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަނބަލެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން 5 އަހަރަށް ޖަލަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއެކު ރައީސް ޔާމިންގެ ސަޕޯތަރުން ހިތާމަ ފާޅުކުރަމުްނދާއިރު އެމްޑީޕީގެ ސަޕޯޓަރުން ދަނީ އުފާފާޅުކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރައީސް ޔާމިންގެ ސަރުކާރުގައި އޭރު އަނިޔާލިބުނު ފަރާތްތަކާއި ޖަލަސް ލެވުނު ސިޔާސީ ފަރާތްތަށްވެސް ދަނީ އުފާ ފާޅުކުރަމުންނެވެ.

އެކަމުގެ ހިޔާމައިގައި އިދިކޮޅު ކޯލިޝަންއިން ވަނީ މުޒާހަރާ އިއުލާނުކޮށްފައެވެ. އަދި ރައީސް ޔާމިން މިނިވަން ނުވަނީސް މުޒާހަރާކުރުން ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން ކަރެކްޝަންސްއިން ަމއުލޫމާތު ދިން ގޮތުގައި ރައީސް ޔާމިން ހުންނެވީ މާލޭ ޖަލުގައެވެ. ރައީސް ޔާމިންގެ މައްސަލަ އިސްތިއިނާފަށް ހުށަހެޅުމުގެ މަސައްކަތް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން މިހާރު ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: