ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނުގެ ނަމުގައި ބަޔަކު ފަތުރާ މައުލޫމާތުގެ ނުރައްކާ ބޮޑު: ހުތުބާ

މިއަުދުގެ ހުތުބާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ނަމުގައި ބަޔަކު ފަތުރާ މައުލޫމާތުގެ ނުރައްކާ ބޮޑުވެފައިވާ ކަމަސް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ވާހަކަދައްކާފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ ހަނދާންތަކާއި ބެހޭ ގޮތުންނެވެ. ހުތުބާގައި ވަނީ އިސްލާމްދީނުގެ ނަމުގައި ފަތުރާ ނުރަނގަޅު މައުލޫމާތުތަކަށް ތަބާނުވާ ކޮންމެ މީހަކީ ކާފަރެއް ކަމަށްކަނޑާއަޅާ މަރު ހުއްދަ ކުރާ ކަމަށް ބުނެފައެވެ.

އެފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ޘާއޫތުކަމަށް ކަނޑައަޅާކަމަށްވެސް ބުނެފައިވެއެވެ. އެފަދަ ފަރާތްތަކުން ކޯޓުތައް ވެސް ބަލައިނުގަންނަކަން ހުތުބާގައި ފާހަގަކުރިއެވެ.

އެގޮތުން ކޯޓުތަކުން ބޭރުން ކައިވެނި ކުރުމަކީ ގިނަ ހައްގުތަކެއް ގެއްލޭކަމެއްކަމަށް ހުތުބާގައިވެއެވެ. މީގެ އިތުރުން ދަރިންނަށް ވެކްސިން ނުދިނުމާއި އަންހެން ދަރީންނަށް އެފަަދަ މީހުން އުނގެނެން ފުރުސަތު ނުދޭކަން ހާމަކޮށްފައިވެއެވެ.  މިއަދު ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.

މި ޤައުމަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމުން އެކަމާއި ހަސަދަވެރިވާ ބަޔަކު ތިބިކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ ފަރާތްތައް އިސްލާމް ދީނުން ބޭރުކުރަން އެކި ދުވަސްވަރު މަސައްކަތްކޮށްފައިވާ ކަމަށާ، އެންމެ ފާޅުކަން ބޮޑުކޮށް އކެަން ކުރީ ޕޯޗުގީޒުން ކަމަށް ބުނެފައިވެއެވެ.

“އިސްތިޢުމާރީ ޤައުމުމަތކުން އިސްލާމީ ޤައުމުތަކަށް އަރާ، އެ ޤައުމުތަކުގެ މީހުން އިސްލާމް ދީނުން ބޭރުކުރަމުން ގޮސް ދިވެހިރާއްޖެ އަށްވެސް ވެރިވެ، ގަދަކަމުން ދިވެހިން އިސްލާމް ދީނުން ބޭރުކުރެވޭތޯވަނީ މަސައްކަތްކޮށްފައެވެ. އެ މީހުންގެ މަސައްކަތް ނާކާމިޔާބުވެ ރާއްޖެ އިސްލާމް ދީންމަތީ ދެމިއޮތީ”

މިއަދުގެ ހުކުރު ހުތުބާ އަޑުއަހަން ތިބި ބައެއް ފަރާތްތައް

ހުތުބާގައިވަނީ ރާއްޖެއަށް އެތެރެއާއި ބޭރުން އަމާޒުވާ ރޭވުންތަކަށް ހޭލުންތެރިވެ ތިބުމަށް ގޮވާލާފައެވެ. ދިވެހިރާއްޖެ އިސްލާމްވޯ މީގެ 900ވަރަކަށް އަހަރުކުރިން ކަމަށްވާއިރު، އިސްލާމްވުމަކީ ބަޔަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. ހުތުބާގައިވަނީ އިސްލާމްދީނަކީ އުހްރަވީ ހަޔާތަށް ވާސިލްކޮށްދޭނެ މަންހަޖުކަމަށާ، އެ މަންހަޖުގެ އަސާސަކީ އިސްލާމީ އަގީދާކަމަށް ފާހަގަކޮށްފައެވެ. އަދި ދީނުގައި އުނގެނުމަށް ދީފައިވާ އަހައްމިޔަތުކަންވަނީ ފާހަގަކޮށްފައެވެ.

“މުސްލިމް އަހުންނޭވެ އިސްލާމް ދީނަކީ އިލްމާއި މައުރިފާގެ ދީނެވެ. އެ ދީނަށް މީސްތަކުން ވަދެފައި ވަނީ އެ ދީން އުނގެނި ދަސްކޮށްގެންނެވެ. މާތް ﷲ ކީރިތި ގުރުއާން ބާވައިލެއްވި އެންމެ ފުރަތަމަ އާޔަތުގައި ގޮވާލައްވާފައި ވަނީއުނގެނުމަށެވެ.”

ޖަހާލަތުގެ މަގުން އެކަހެރިކޮށް އިސްލާމްދީނުގެ މަގު ދިވެހިންނަށް ދެއްކެވިކަމަށްޓަކާ ﷲއަށް ޝުކުރު އަދާކުރަން ޖެހޭކަން ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ. މުސްލިމުންގެ މުޅި ހަޔާތް ބިނާކުރަން ޖެހެނީ އިސްލާމް ދީނުގެ މައްޗަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެެ. އަދި ދުނިޔެ ހޯދާފައިވާ އިލްމީ ކުރިއެރުންތަކާއި، ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް އަންނަ ކަންކަމުގެ ސަބަބުން އިސްލާމް ދީނާއި ދުރުވެއްޖެ ނަމަ، އެ މީހަކަށް ބޭނުންވާ ރޫހާނީ ކާނާމަދު ވެގެންދާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ އަގުތައް މުސްލިމުންގެ ހިތްތަކުގައި އަބަދުވެސް އަށަގަނުވަން ޖެހޭކަމާއި، އެއްބަނޑު އެއްބަފާކަމުގެ ޝުއޫރުތަކާއި އެކުވެރިކަމާއި، އޯގާތެރިކަން އާލާކުރަންޖެހޭކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: