ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޤާމުގެ ހައިސިއްޔަތުން، މީރާގެ ބޯޑުގައި ހިމެނޭ މެންބަރަށް އެލަވަންސެއް ދިނުމާއި މެމްބަރުން ދެކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

މަޤާމުގެ ހައިސިއްޔަތުން، މީރާގެ ބޯޑުގެ މެމްބަރުންނަށް އެލަވަންސް ދޭން ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަުރން މިފަދައިން ވިދާޅުވީ، މީރާގެ ބޯޑު މެމްބަރުންގެ ތެރެއިން ކޮމިޝަނަރ ޖެނެރަލްއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްއަށް އެލަވަންސް ދިނުމާއި މެދު މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކުގެ ތެރޭގައެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރީ، ޓެކްސް ނެގުމުގެ ޤާނޫނަށް 2ވަނަ އިސްލާހުގެނައުމާއިގުޅިގެން މީރާގެ ބޯޑްމެމްބަރުންނަސް މުސާރަ ދިނުމަށް އަމަލްކުރާނެ އުސޫލަކާއި މެދު ގޮތެއް ނިންމުމަށެވެ.

އެގޮތުން ދެކެވުނު ވާހަކަތަކުގެ ތެރެއިން، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ބޯޑު މެމްބަރުންނަށް އިތުރު އެލަވަންސްތަކެއް ދިނުމަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ކަންކަން ކުރާ ގޮތް ނޫންކަމަށެވެ. އެފަދަ ކަންކަމުގައި ދުނިޔޭގެ ޤައުމުތަކުން ޢަމަލުކުރާ އެންމެ ރަނގަޅު އުސޫލްތަކަށް ތަބާވާން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲވެސް ވަނީ މަޤާމްގެ ހައިސިއްޔަތުން އަދާކުރާ އެހެން މަޤާމެއްގެ ސަބަބުން އިތުރު އިނާޔަތްތަކެއް ދިނުމަށް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ. ޔައުގޫބް ވަނީ 2010ވަނަ އަހަރާއި ހަމައަށް މިމައްސަލައޮތީ ރަނގަޅަށް ކަމަށާ، އެކަން ބަދަލު ކުރީ ރައްޔިތުންގެ ފައިސާ ނުހައްގުން އިތުރު ފައިސާތަކެއް ހޯދުމަށްކަމަށް ވިދާޅުވެފައެވެ.

ބަޖެޓްގެ ބަހުސް ކުރިއަށްގެންދިޔައިރު، ދައުލަތުގެ މުސާރަ މުރާޖައާކުރާކަމަށް ވިދާޅުވެފައިވާތީ، މީރާގެ ބޯޑްމެމްބަރުންނަށް އެލަވަންސް ދިނުޟާއި މެދުވެސް ފިނޭންސް މިނިސްޓަރާއި މަޝްވަރާކުރަން ފެންނަ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވަނީ ވިދާޅުވެފައެވެ. މި މައްސަލައާއި މެދު ކޮމިޓީ މަރުހަލާގައި ވާހަކަދެއްކެވި އިރު މެމްބަރުންގެ މެދުގައި ކޮންމެވެސްވަރަކަށް، ޚިޔާލްތަފާތުވުން އުފެދިފައެވެ. އެއީ ޔުނިފޯރމް ބޮޑުތަކަށް ދޭނެ އެލަވަންސްގެ އަދަދާއި މެދުގައި ޚިޔާލްތަފާތުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: