ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަންނަމާރިއާއި މެދު ދެކެވޭ ބައެއް ވާހަކަތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިކުޑަ ކުޑަ ދިވެހިރާއްޖެ އިސްލާމްވީ މީގެ 900އެއްހާ އަހަރު ކުރިންނެވެ. އިސްލާމްދީނުގެ ހިދާޔަތް ދިވެހިންނަށް މިންވަރު ކުރެއްވުމަކީ މި ޤައުމަށް ލިބުނު އެންމެ ބޮޑު ނިޢުމަތެވެ. ޖަހާލަތުގެ ކަނު އަނދިރިކަމުން ސަލާމަތްވުމަކީ ދިވެހީންނަށް މިންވަރު ކުރެއްވި އަގު ނުކުރެވޭނެ ފަދަ ނިއުމަތެކެވެ. އެހެންނަމަވެސް، ދިވެހިންނާއި ހަމައަށް އިސްލާމްދީން އައިގޮތާއި މެދު ތުންތުންމަތިން ދެކެވޭ ވާހަކަތައް ތަފާތެވެ. އެހެންމަވެސް އޭގެތެރެއިން އެންމެ މަޝްހޫރުކޮށްދައްކާ ވާހަކައަކީ، “ރަންނަމާރިއާއި އަބުލް ބަރަކާތުލް ބަރްބަރީގެ”ވާހަކައެވެ. މި ވާހަކައަކީ ފްލޯކްވާހަކައެއްކަމަށް ބައެއް މީހުން ޤަބޫލުކުރާއިރު، ބައެއް މީހުން ޤަބޫލުކުރަނީ އެއީ އޭގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ހިމެނުނުނަމަވެސް އޭގެ ހަގީގަތް ފޮރުވިފައިވާ ވާހަކައެކެވެ. މިވާހަކަ އެންމެ ތަފްސީލްކޮށް ލިޔުއްވާފައިވަނީ މަޤްބޫލް މުސްލިމް ދަތުރުވެރިޔާ އިބްނި ބަތޫތާއެވެ.

މަޝްހޫރު ދަތުރުވެރިޔާ އިބުނު ބަޠޫޠާ އޭނާގެ ދަތުރު ނާމާގައި ހާމަކޮށްފައވާ ވާހަކަތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގެ ރައްޔިތުން ކާފަރު ކަންމަތީ ތިބި ދުވަސްވަރު ކޮންމެ މަހަކު އެއްފަހަރު ކަނޑުން ބައްތިތަކެއް ދިއްލާފައިވާ ނަވެއް ކަހަލަ ފުރޭތައެއް ފާޅުވާކަން އެނގެއެވެ. އޭތި ފާޅުވުމުން ބިކުރުވެރި އަންހެންކުއްޖަކު ގުރުބާން ކުރާކަންއެ ލިޔުމުން އެނގެއެވެ. ގުރުބާން ކުރާނެ ކުއްޖަކު ހޮވަނީ ގުރުއަތުންކަމާއި، އެ ކުއްޖާ ނަލަ ހައްދައިގެން ގެންގޮސް އަތިރިމަތީގައި ހުންނަ ބުދު ފައްޅީގައި ބައިންދާކަމަށް އޭނާގެ ނާމާގައިވެއެވެ. އަނެއް ދުވަހު ހެނދުނު މީހުންގޮސް ބަލާއިރު އެ އަންހެން ކުއްޖާ އޮންނަނީ މަރުވެފައި ކަމުގައި އިބްނު ބަޠޫޠާ ލިޔުއްވާ ފައިވެއެވެ. މިގޮތަށް ކަން ހިގަމުން ދަނިކޮށް މަޢުރިބް ކަރައަށް ނިސްބަތްވާ ބޭކަލެއްކަމަށްވާ އަބުލްބަރަކާތު ބަރުބަރީ، ރާއްޖެއަށް ވަޑައިގެން ހުންނެވި ކުއްޖަކު ގުރުބާންކުރަން ގުރުއަތުން ހޮވުނު ކަމަށްވެެއެވެ. އެ ކުއްޖާ ފައްޅިއަށް ގެންދަން އޮތްރޭ އެކުއްޖާގެ ބަދަލުގައި އެކަލޭގެފާނު ފައްޅިއަށް ވަޑައިގެން ޤުރުއާން ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް ރަންނަމާރި އެރުމުން ޤުރުއާނުގެ އަޑު އިވުމުން އޭތި ޢާއިބުވެގެން ދިޔަ ކަމަށްވެސް އިބްނިބަތޫތާ ލިޔުއްވާފައިވެއެވެ. އަދި މި އަޖައިބުކުރުވަނިވި ހާދިސާއަށްފަހު އޭރުގެ ރަދުންނާއި، އިސް ފަރާތްތައް އިސްލާމްވީކަމަށް ބުނެފައިވެއެވެ.

ދެން އުފެދޭ ސުވާލަކީ ރަންނަމާރި މި ނަން އައީ ކިހިނެއްތޯ ކުރެވޭ ސުވާލެވެ. “ރަންނަމާރި ވާހަކަ”އިގެ ހަގީގަތަކީ ކޮބައިކަމާއި ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކު ނިސްބަތް ވަނީ ކޮންތަނަކަށްކަން ދެނެގަތުމަށް ޓަކައި ތަރީހީ ނަޒަރަކުން އިޔާޒްނަސީމްވަނީ ވަރަށް ތަފްސީލް ލިޔުމެއް ލިޔުއްވާފައެވެ. އާފަތިހުގައި ޝާއިއިއުކޮށްފައިވާ މި ލިޔުމުގައިވާގޮތުން، “ރަންނަމާރި”މި ލަފްޒު މާނަކުރާގޮތަށް ބަލާލާނަމެވެ. “ރަންނަ” މިއީ ސެންސްކްރިތު ބަހުން އައިސްފައި ވާ ލަފްޒެއްކަމާއި، “ރަންނަ” މި ލަފްޒުގެ އަސްލަކީ “ރައްތްނަ”ކަމަށް އިޔާޒް ލިޔުއްވާފައިވެއެވެ. ލަ“ރަންނަ” މި ލަފްޒުގެ މާނައަކީ ޖަވާހިރު، ބޮޑު، މަތިވެރި އަދި ދޭވްތާކަމަށް ވެސްބުނެފައިވެއެވެ. އެ ބަހަކީ ގަދަރުވެރިކަމާއި ބޮޑުކަން ރަމްޒުކޮށްދޭބަހެއްކަން އެ ލިޔުމުން ހާމަވެއެވެ. އެކަމަށް ބާއިރުދޭ އެއްކަމަކީ، ވަރަށް ފަހަކާ ޖެހެން ދެން ވެސް ދިވެހިން “ރަންނަ” މި ލަފްޒު، ބޮޑު، ގަދަރު ލިބިގެން ވާ، އަދި މަތިވެރި މި މާނައިގައި ބޭނުން ކޮށްފައިވުމެވެ.

އިޔާޒް ލިޔުއްވާފައިވާގޮތުން، “މާރް” މި ލަފްޒަކީ ޕްރޮޓޯ-އިންޑޯޔޫރަޕިޔަން ބަސްކޮށާރަށް ނިސްބަތްވާ ލަފްޒެއްކަމަށްވެސް އިޔާޒް ވިދާޅުވެއެވެ. އިނގިރޭސި ބަހުން ކަނޑާ ގުޅޭ ގޮތުން ބޭނުން ކުރާ “marine” އަދި “maritime” ފަދަ ލަފްޒުތަކުގައި އޮތް “mari” އާ ވެސް މިއާ ގުޅުންހުރިކަމަށް އެ ލިޔުއްވުމުގައިވެއެވެ. އަދި މިކަމަށް ރިއާޔަތްކޮށް ބަލާނަމަ، އިލްމީގޮތުން އެންމެ އެކަށޭނަ ގޮތަކީ، ނުވަތަ “ޕްލޯޒިބަލް” ގޮތަކީ “ރަންނަމާރި”އަކީ “ކަނޑުގެ ދޭވަތާ” ކަމަށް ބެލުން ކަމަށާ، އެގޮތުން ބަލާއިރު “ކަނޑު ކަލާނގެ” ގޮތަށް ނިސްބަތް ކުރިކަން އެ ލިޔުމުން އެނގެއެވެ. އިސްވެ ދެންނެވިކަންކަމަށް ބަލާލާއިރު، ދިވެހިން ވެސް ބިކުރުވެރި އަންހެން ކުއްޖަކު ގުރުބާން ކުރަމުން ދިޔައީ ދިވެހިންގެ “ކަނޑު ކަލާނގެ”އަށް ކަން އެނގެންއޮވެއެވެ. މި ދެންނެވުނީ ރަންނަމާރި މިނަން އައިގޮތެވެ.

ދެން އޮތް ސުވާލަކީ ރަންނަމާރިއަކީ ޖިންނިއެއް ނޫންނަމަ އެއީ ކާކުތޯ ކުރާ ސުވާލެވެ. މި ވާހަކަ އާއި މެދު ބައެއް ދިވެހިން ދެކެނީ “ރަންނަމާރި”އަކީ އޭރު ހުންނެވި ރަސްގެފާނުކަމަށެވެ.. އެެ ނަޒަރިއްޔާތަށް ވިސްނާލާއިރު، ރަސްގެފާނު ހިންގެވި ޖަރީމާ ފަޅާ އެރުމުން ބަދަލުގައި އިސްލާމްވާން ހުށަހެޅުއްވީކަމަށް ޤަބޫލުކުރާ ބަޔަކު އެބަތިއްބެވެ. އެހެންނަމަވެސް ރަދުންނަށް އެ ޒަމާނުގައި ކަސްބީން ހުއްދަކަމައި، އޭރު ރަސްގެފާނަށް ވެދުން ކުރަން އަންހެނަކު ގެންދިއުމަކީ، ބޮޑުކަމަކަށް ވެގެންނުވާނެކަން، ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން އެފަދަކަމެއް ކުރަން ބޮޑު އޮޅުވާލުމެއް އޮޅުވާލަން ޖެހޭ ސަބަބެއް ނެތެވެ، ދެން އޮތް ނަޒަރިއްޔާތަކީ އެއީ އޭރުގެ ފާދިރީންގެ ބައިވެރިވުން އޮތްކަމަކަށް ވުމެވެ. މިއީ އަޅުގަނޑަށް މާ ބޮޑަށް ޤަބޫލުކުރެވޭ ކަމެކެވެ. ސަބަބަކީ ފާދިރީންނަކީ ޝަހުވާނީ އެދުންތައް ފުއްދަން ފާޅުގައި ފުރުސަތު ލިބޭ ބަޔަކަށް ނުވާނެތީއެވެ. އަދި ފާދިރީންނަކީ އޭރުގެ ބޮޑުންނާއި ގާތް ގުޅުމެއް އޮންނަ ބަޔަކަށް ވުމާއި، އަބުރުވެރި ބަޔަކަށް ވުމާއި އެކު އެކަން ހިފެހެއްޓުމަށް، ރާއެްޖެ އިސްލާމްވާން އެއްބަސްވުމުން، އެ ކަން ސިއްރު ކުރީކަމަށް ބެލެވެއެވެ. މިއީ އަޅުގަނޑުގެ ނަޒަރިއްޔާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: