ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީވެރިން ވައްޓާލަން ކޮނުނު އަނދަވަޅަށް ރައީސް ޔާމިން ވެއްޓި “ފިލްމު” ނިމިއްޖެ

ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާބަފައިން ބުނާތީ އަހަން. ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ތިމާގެ ލޮލަށް. ވަރަށްވެސް ކުރު އެހެންނަމަވެސް މާނަ ކިހާ ފުންތޯއެވެ. މީހަކަށް ލަނޑެއް ދެރައެއް ނުވަރަ ކެއްސެއް ދޭން ތިމާ ޖަހާ ދަންތުރަ ފަހުން އައިސް ތިމާއާއި ދިމާކޮށް ތިމާއަށް އޭގެ ހަސްކާ ދޭނެކަމެވެ. ހަމަ އެހެންމެ ކާބފައިން ބުނެ އުޅެއެވެ. ތިމާ ކޮނުނު އަނދަވަޅަސް ތިމާ ވެއްޓޭނެ ވާހަކައެެވެ. މިވެސް ކިހާ މާނަފުން ބަސްކޮޅެއް ހެއްޔެވެ. މާހަކު ވައްޓާލަން ތިމާ އެތައް ބުރައެއް އުފުލައިގެން ކޮނުނު އަނދަވަޅުގެ ތެރެއަށް ތިމާ ވެއްޓުމަށް ތިމާ ނެދޭނެކަން ޔަޤީނެވެ.

ކާބަފައިންގެ ޒަމާނުގައި މިފަދަ މޮޅު މާނަފުން ހަރުބަސްތައް ތަޤރަފުވާނީ ކޮންމެވެސް ޙާލަތެއް މެދުވެރިވެގެން ކަން ޔަޤީނެވެ. ނޫންނަމަ އެހާ މޮޅެތި ހަރުބަސްތަކާއި، މިސާލު ބަސްތަކާއި ނަސޭހަތުގެ ބަސްތައް ހަދާފަ އަޅުގަނޑުމެންނާއި ހަމައަށް ނުފޮނުވީސްކަން ޔަޤީނެވެ. ކާބަފައިންގެ މަޤުސަދަކީ އެވެރިންނަށް ދިމާވިފަދަ ކަމެއް އަހަރެމްނެނަށް ދިމާނުވުމެވެ. އޭގޭން މިސާލު ބަސްތަކުން އިބްރަތް ހާސިލުކޮށް ދިރިއުޅުން އާރާސްތުކުރުމަކީ އަހަރެމެން އެންމެންގެ ޒިންމާއެކެވެ.

އަހަރެމެން އެންމެންނަށް މި ބަސްތައް ސުކޫލް ދައުރުގައި ކިޔަވާ ދެއެވެ. މާނައާއި އެ ބަހުގެ މުރާދާ އެކުގައެވެ. ކުދި ކުދި ތަމްސީލުތައެް ކުޅެން ޖެހެނީ މި ބަސްތަކުން ދޭހަވާ ކަންކަން މުދައްރިސް ބޭނުންވާ ވަރަށް އޮޅުންފިލައްޖެކަން އެންގުމަށެވެ.

އަދު މި ޤައުމުގެ ހާލަތު މި ދައްކަނީ ކާބަފައިން ގެނެސްދީން މިފަދަ ހަރުބަސްތަކާއި މިސާލުބަސްތައް އަޑު ނާހާ އެއަށް ބޯނުލަނބާ އުޅުމުގެ ނަތީޖާއެއް ނޫންތޯއެވެ؟ ވެރިން ވެރިނާއި ތަޅާފޮޅާއިރު މުސްކުޅި ބަސްތަކުުގެ މިސާލުތައް ހަނދާންވެސް ނުހުންނަނީއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއިރު، 5 މިލިއަން ޑޮލަރުންވަނީ ޖޫރިމަނާވެސްކޮށްފައެވެ. ރައީސް ޔާމީނާއި މިދުވަސް ބައްދަލުކޮށްފާނެކަމަށް އެމަނިކުފާނުވެސް އަދި އެމަނިކުފާނަށް ތާޢީދުކުރައްވާ އެއްވެސް މީހަކު އުންމީދުވެސް ނުކުރައްވައެވެ. އެމަނިކުފާނާއި، އެމަނިކުފާނުގެ ބައިވެރިން ބާރުގައި ވެރިކަމުގައި ތިއްބެވިއިރު ކާބަފައިން އަހަރެމެންނަށް ގެނެސްދިން މިސާލު ބަސްތައް އަޑު އަހާނުލާތާގައި އެ ކަންކަން ހެއްދެވީ ބޮޑު ޖޯކަކަށެވެ.

ފޮޓޯ: އަވަސް

އޭރު އެ އެންމެން ބޭނުންވީ ސިޔާސީ އިދިކޮޅު ލީޑަރުންގެ ސިޔާސީ ހަޔާތް ނެތިކޮށް ބާރުކަނޑުވާލުމަށާއި، ސިޔާސީ ޚަރަކާތްތައް ހުއްޓުމަކަށް ގެނައުމަށެވެ. އެގޮތުން އޭރުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިސްލާހުކުރެވުނު ޤާނޫނު އަސާސީގެ މާއްދާތަކާއި، ޤާނޫނު ތަކުގެ މާއްދާތައް މިކަމުގެ ހެއްކަކަށް ފުދެއވެ. އެއްވެ އުޅުމުގެ ޤާނޫނަށް ގެނައި އިސްލަހުގެ ސަބަބުން އެއްވަން ހުއްދަ އޮތީ ކާނިވާ ސަރަޙައްދަށެވެ. ރައީސް ނަޝީދަށާއި ޤާސިމް އިބްރާޙިމަށް ހުކުމް ކުރުމަށްފަހު ޖިނާއީ ކުށެެއް ސާބިތުވާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުތިބެވޭނެ ގޮތަށް އިސްލާހު ގެނައީވެސް އެ އާރާއި ބާރުވެރިކަމުގެ ތެރެއިންނެވެ. އެއަށް ވޯޓު ދިނީ ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި އަދުރޭ މެން ނިހާނު މެން ފަދަ ބޭފުޅުންނެވެ. އެ އިސްލާހުތައް އޭރުގައި ގެނައި ސަބަބކީ ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް އިއްވާފައިވުމެެވެ. އަދި އެ ހުކުމްގެ ސަބަބުން ނަޝީދަށް 2018 ވަނަ އަހަރު ކުރިމަތިނުލެވޭނެ ހުރިހާ ހާލަތެއް ދެއްކުމުގެ ގޮތުންނެވެ.

ޙާލަތު ބަދަލުވާން ނެގީ އެންމެ ދުވަހެކެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހެވެ. އެ ދުވަހުގެ ފަހުން އާރާއި ބާރުގައި އެރު ތިއްބެވި ބޭފުޅުންނަށް މަޑު މަޑުން ހަމަ ބިމަށް ފޭބިއްޖެއެވެ. ހަމަ ބިމަށް ފައިބާ ހިންދެމިލިއިރު، ސިޔާސީ ހަޔާތް މިއަށްގެން ނިމެނީއެވެ. ގުން ކިޔާފައި މަގުމައްޗަށް މުޒާހަރާއަށް ނިކުތް އިރު މަގުމަތީގައި މުޒާހަރާ ކުރުން އޮތީ އެބޭފުޅުންގެ ވެރިކަމުގައި މަނާކޮށްފައެވެ. ހިތަށް ތަދުވިޔަސް ކާނިވާ ސަރަޙައްދަށް އެއްވާން ނޫން ގޮތެއް ނެތެވެ. ސިޔާސީ ގޮތުން ގަދަކަން ދެކުމުގެ ގޮތުން ޕާޓީ އޮފީސް ދޮރުމައްޗަށް އެއްވެ އެ ބޭފުޅުން ދައްކަނީ ޤާނުނު އަސާސީގައި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި އޮންނަ ވާހަކައެވެ.

null

ކޮށްފައިވާ ދައުވާއިން ސަލާމަތްވުމަށް ގިނަކަންކަން ކޮށް އިހްތިޖާޖު ކުރެއްވިއެވެ. އެއްވެސް ހާލެއްގައި ދައުވާ އަދި ހުކުމާ މެދު އެއްޗެއް ބުނާކަން ނެތީމެވެ. ފަހަރުގަ އޭރުން އަހަރެން ރޯނު އެދުރަކަށް ވެދާނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއެކު، މިއަދު ސިޔާސީ ގޮތުން އެމަނިކުފާނުގެ ހައިސިއްޔަތުތައް ގެއްލިއްޖެއެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ހުންނަވަނިކޮށް އައި ހުކުމުގެ ސަބަބުން އަދު ރައީސް ޔާމީނަކީ އެ ޕާޓީގެ ރައީސެއް ނޫނެވެ. އަހަރެން ބުނާ އެއްޗެއް ނޫނެވެ. ނިހާނުމެން އަދުރޭމެން އޭރުގައި މަޖިލީހުގައި ތިނބެގެން ޖެހި ސަކަރާތާއި ހޭވި ހަޑީގެ ސަބަބުންނެވެ. އެމީހުން ވޯޓު ދީގެން ފާސްކުރި އިސްލާހުގެ ސަބަބުން ރައީސް ޔާމީނަށް ޕީޕީއެމްގެ ރައީސްކަން ގެއްލުމުން ޕޯޑިއަމަށް އަރާފަ ފަނޑިޔާރުންނަށް ދުލަށް އައިހާ އެއްޗެއް ގޮވާ، ހެދިޔަސް އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ރައީސް ޔާމީނާއި ރައީސް ޔާމީންގެ އަރިހުގައި މަސައެްކަތް ކުރި މީހުންނެވެ.

null

ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތް ދުއްވާލަން ފޭހުނު އިލޮށިގަނޑު އައިސް ހެރުނީ ރައީސް ޔާމީންގެ ލޮލަށެވެ. އަދި ސިޔާސީ ވެރިން ވައްޓާލުމަށް ކޮނުނު އަނދަވަޅަށް ރައީސް ޔާމީން ވެއްޓި ފިލްމު ނިމިއްޖެއެވެ. ކާބަފައިން ގެނެސްދިން މިސާލު ބަސްތަކާއި ހަރުބަސްތައް ބޮލާލައި ޖަހާފައި ބޯހަރުކަން ދެއްކުމުގެ ނަތީޖާ ކިހާ ހިތިހެއްޔެވެ. ޔާމީން ރިޓާރންސް ގެ އިންތިޒާރުގައި އެބަހުރީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: