ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމްޓެކްސް ބިލްގެ މަސައްކަތް ނިމެނީ، އުންމީދުތައް ބޮޑު!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމްެޓެކްސްގެ ބިލާއި އެކު މުހިއްމު ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރެވެއެވެ. އެ ބިލްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ހަމައިގައެވެ. އިންކަމް ޓެކްސް އަކީ ނުހައްގު މުއްސަނދިކަމަސް ހުއްޓުވުމެއް ގެންނަން އަޅާ މުހިއްމު ފިޔަވަޅެކެވެ. ނުހައްގު މުއްސަނދިކަމަކީ، ކޮރަޕްޝަނާއި ފަސާދައާއި، މިނޫންވެސް ޖާއިޒުނޫން ގޮތްގޮތުން ހޯދާ މުދަލާއި ފައިސާއިން ލިބިގަންނަ މުއްސަނދިކަމެވެ. މަސްއޫލު މަޤާމްތަކުގައި ތިބޭ ފަރާތްތަކުން ނަހަމަ ގޮތުގައި ހޯދާ މުދަލާއި ފައިސާއާއި، ގާނޫނާ ހިލާފު މުއާމަލާތްތައް ކަމަށްވާ ވައްކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިއާއި، ޖުވާކުޅުންފަދަ ކަންކަމުން ލިބޭ މުދަލާއި ފައިސާ ހިމެނެ އެވެ.

ޓެކްސް ފައިސާ ބޭނުން ކުރުމަށް ނިންމާފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ބޮޑެތި ބަލިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 60،000ރ. ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މުޅި ކޮމިޓީން ފާސްކޮށްފައިވަނީ، މި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިދިޔަ މަހު ހުށަހެޅުއްވި ބިލެކެވެ. އެ ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު އޮތީ އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންކަމަށް ބުނެފައެވެ. އެހެންނަމަވެސްކު، މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ބްރެކެޓުތައް މަތިކޮށް އަދި ޓެކްސް ނަގާ ޕަސެންޓް ވެސް ކުޑަކޮށްފަ އެވެ.

އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއްކަމަށް ވާއިރު، ޓެކްސް ނެގުމާއި މެދު މެމްބަރުންގެ ޚިޔާލް ތަފާތެވެ. މި އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އާންމު ކުރި އެމްޑީޕީގެ “އެޖެންޑާ 19” ގެ ސިޔާސަތުގެ ދަށުން އިންކަމް ޓެކްސް ނަގާނީ މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށް ބަޔާންކުރިއެވެ. އެހެންނަމަވެސް މުޅި މަޖިލިހުގެ ކޮމިޓީން ނިންމީ މަހެއްގެ މައްޗަށް 60،000ރ. އާއި 100،000ރ. ރުފިޔާއާ އާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަަނީގެ 5.5 ޕަސެންޓު ކަމަށެވެ.

ބިލްގައި ކުރިން އޮތް ގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް އަދި 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން 15 ޕަސެންޓްގެ އިންކަމް ޓެކްސްއެއް ދައްކަން ޖެހޭކަން ފާހަގަކޮށްލެވެއެވެ. އެކަމަކު، މިހާރު ބިލަށް ގެނައި ބަދަލުގެ ސަބަބުން 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ އަށް ޕަސަންޓެވެ. މީގެ އިތުރުން، 100،000ރ. އަށް ވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހުގެ ގޮތުގައި 15 ޕަސެންޓް ނަގަން ބިލުގައި ވީނަމަވެސް އެމްޑީޕީގެ ހުށަހެޅުމަކީ 150،000ރ. އާއި 200،000ރ. އާ ދެމެދުގެ އަމްދަނީއެއް ލިބޭ މީހުންގެ އަތުން 12 ޕަސެންޓުގެ ޓެކްސް ނެގުމަށެވެ. އެ ބަދަލު ގެނައުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ އަލީ އާޒިމެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6000އަށް ވުރެ އިތުރެވެ. ފޯރުކޮށްދިނުމާއި، ބޯފެނާއި ނަރުދަމާ ގާއިމްކޮށްދިނުމުގެ އިތުރުން ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ޓެކްސް ނިޒާމް ތައާރަފް ކުރި އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ވަނީ މުއްސަނދިންގެ އާމްދަނީން އިންކަމް ޓެކްސް ނަގަން މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. އޭރު އެމްޑީޕީ ސަރުކާރުގެ ވިސްނުންހުރީ މަހަކު 30،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އެ ޓެކްސް ނަގާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: