ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޢުތަޞިމް އާއި ސުޢޫދުގެ ނަން މަޖިލީހަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔާ އެއްގޮތަށް އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޢުތަޞިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޢޫދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަނުކުރުމަށް މަޝްވަރާއަށް އެދި ރައީސް ޞާލިހު ފޮނުވާފައިވާ މ.ގުލްފާމްގެ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އަކީ “ހައިލީ ރިކޮމެންޑެޑް” ކުރާ ބޭފުޅެއްކަމަށް ލަފާ ދިނުމަށާއި، ސ.މީދޫ، ހަސަންކާރީގެ އަލްއުސްތާޛު ހުސްނުއްސުޢޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަނުކުރުމަށް “ހައިލީ ރިކޮމެންޑެޑް” ކުރާ ބޭފުޅެއްގޮތުގައި ރައީސަށް މަޝްވަރާ ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމެވީ އާދީއްތަ ދުވަހުގެ ރޭގައެވެ. 

މި ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވާނެއެވެ. މި މަހުގެ5 ވަނަ ދުވަހުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުޙައްމަދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ. އަދި ފަނޑިޔާރު ޢަބްދުﷲ އަރީފު ވަނީ އަމިއްލަފުޅަށް ރިޓަޔަރވެ ވަޑައިގެންފައެވެ. ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުލްޣަނީ ހުންނެވީ ސަސްޕެންޑުކުރައްވާފައެވެ.

މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވީ 3 ފަނޑިޔާރުންނެވެ. އެއީ ވަގުތީ ގޮތުން ކޯޓު ހިންގެވިމާއި ހަވާލުވެ ހުންނެވި އަޒްމިރަލްޑާއާއި، ފަނޑިޔާރު ޝުޖޫންގެ އިތުރުން، ފަނޑިޔާރު މަހާޒުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: