ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީބާޖާ މައްސަލަ މުރާޖާއަށް: އޭޖީ ވިދާޅުވަނީ ދައުލަތަށް މައްސަލަ ކާމިޔާބް ވުމުގެ ފުރުސަތު ކުޑަ ކަމަށް!

ދީބާޖާ މައްސަލަ މުރާޖާއަށް: ބައެއް މެމްބަރުން ބުނަނީ، މައްސަލަ ދައުލަތަށް ނާކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓާ ގުޅޭގޮތުން މަޖިލީހުގައި ނެގުނު ވޯޓުގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

ދީބާޖާގެ މައްސަލައިގައިގެ ޝަރީއަތެއްގައި، ދައުލަތުން ވަނީ ދީބާޖާއި ދައުލަތާއި ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު 174 މިލިޔަން ރުފިޔާ ދިބާޖާއަށް ދޭން ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރީއްޔާގެ ފަރާތުން އެޓާނީޖެނެރަލްއަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

އެހެން ކަމުން ސަރުކާރުގެ ނިންމުމާއި އެއްގޮތަށް އަދި ދައުލަތާއި ދިބާޖާއާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި އެއްބަސްވެވިފައިވާ ގޮތަށް ދީބާޖާ އަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ދައުލަތުން ވަނީ ޝަރީޢަތުގައި ބުނެފައެވެ. އަދި ދީބާޖާއަށް ބަދަލު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެހެން ނަމަވެސް އޭގަ ފަހުން ފެންމަތިވެގެން އައި މައްސަލައަކީ، ދީނާޖާއަށް ބަދަލު ދިނުން ކޯޓުން ބޭރުން ހައްލު ކުރުމަށް ނިންމި ނިންމުމުގައި އަޑި ނޭނގޭ ކަންތަކެއް އެބަހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން ތުހުމަތު ކުރުމެވެ.

ކޮމިޓީގެ މެމްބަރުން ވަނީ، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މައްސަލައިގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ. އެ ކޮމިޓީގައި ރިފްއަތު ވަނީ ދީބާޖާއަށް ބަދަލު ދޭންޖެހޭކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސްގެން ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް މައްސަލަ ކާމިޔާބު ވާނެކަމަށް ގަބޫލު ނުކުރައްވާ އޭޖީ ވަނީ ވިދާޅުވެފައެވެ. ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓު ގައި މުރާޖައާ ކުރުމަށް ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރިއެވެ. އެހެން ނަމަވެސް ދީބާޖާއަށް ބަދަލު ދިނުމާއި ނުދިނުމާއި ގުޅޭގޮތުން މެމްބަރުންގެ ހިޔާލުތަފާތުވުން ވަރަށް ބޮޑެވެ. ބައެއް މެމްބަރުން ބުނެފައިވާގޮތުން ދީބާޖާ މައްސަލަ އަލުން މުރާޖައާ ކުރާނަމަ ދައުލަތަށް އެ މައްސަލަ ނާކާމިޔާބު ވުމުގެ ފުރުސަތު އެބަތެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. އެހެން ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބާތިލުކޮށްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: