ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ފާސްކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ފާސްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ ފާސްކޮށްފިއެވެ.

މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުުރުން ކުރިޔަށް ގެންސްގޮސްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ. އެ ކޮމިޓީން ބިލަށް ހުށަހެޅީ ދެ އިސްލާހެކެވެ. އެއީ ބިލަށް އަމަލު ކުރަން ފަށާނެ ދުވަހަކީ، ބިލް ފާސްވެ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

އަދި ދެ ވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ކައުންސިލްގެ ދައުރަކީ ފަސް އަހަރުކަމަށް ބިލްގައި ވަނީ ހިމަނާފައެވެ. އެހެން ކަމުން، ގާނޫނު އަސާސީއަށް ގެނައި އާ އިސްލާހާއި އެކު އަންނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތައް އިންތިހާބު ކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މީގެ ކުރިން އޮންނަ އުސޫލުގެ ދަށުން ނަމަ، ކައުންސިލްގެ ދައުރަކީ 3 އަހަރެވެ.

ކައުންސިލްތަކުން ވަކިކުރި ބާރުތައް އަލުން އިޔާދަކޮށްދީ ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާ އެކު ކައުންސިލްތައް ހިންގޭނެ މަގުފަހިކޮށްދިނުމަށް ލާމަރުކަޒީ ގާނޫނުގައި ވަނީ ހިމަނާފައެވެ. އަދި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައަށް ވާ ފައިސާ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވަނީ، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ކަމަށް ބުނެއެވެ.

އިތުރަށް އޭގެ ތެރޭގައި ހިމަނާފައިވަނީ ކައުންސިލްތަކުގެ އިހުތިސޯސްގައި ނުހިމެނޭ ބިމާއި ފަޅު އަދި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި 40 އިންސައްތައަށް ވާ ފައިސާ ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖެއްސުމެވެ. އަދި ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އެ މަޝްރޫއެއްގެ އަގު 5 މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުމެވެ.

ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލް ކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލްތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަނޑައެޅުމަށް ވެސް އެ ބިލްގައި އޮތީ ހިމަނާފައެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމް މިހާރު ހިންގާ ގޮތުން ކައުންސިލްގެ ރައީސާއި ނައިބު ރައީސް އާއި މޭޔަރުން ކަނޑައަޅަނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަ އިޞްލާޙުތަކާއެކު، ކައުންސިލްގެ މޭޔަރުންނާއި ރައީސާއި ނައިބު ރައީސުންވެސް އިންތިޚާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ. މިއީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ތަންފީޒްކުރުމަށް ގެންނަ ބަދަލުތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: