ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަކީ މި ގައުމު ދުށް އެންމެ ބޮޑު “މުޖުރިމް”، ވެރިކަން ވެއްޓުނީ ވެސް އަޅުގަނޑުމެން ކުރި ކަމަކުންނެއް ނޫން: އަދުރޭ

އަބްދުއްރަހީމްގެ ފާޑުކިޔުން ރައީސް ނަޝީދުއަށް - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް އެންމެ އަނިޔާވެރި ވެރިކަމެއް ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަކީ މި ގައުމު ވެސް ދުށް އެންމެ ބޮޑު “މުޖުރިމް” ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންއިން ބޭއްވި އެއްވުމުގައެެވެ.

ޖަލްސާގައި އަބްދުއްރަހީމް ވަނީ، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން 7 ފެބްރުއަރީގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވެގެން ދިޔައީ، ރައީސް ނަޝީދު ގޮތް ހުސްވުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގެނައި ތަރައްގީގެ ވާހަކަތައް ދެއްކެވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ، މި ރާއްޖެ ދުށް އެންމެ އަނިޔާވެރި ވެރިކަމެއް ކޮށްފައިވަނީ އެމްޑީޕީންއިން ކަމަށެވެ. އަދި އެއީ ފެންނަން އޮތް ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއިން، އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލާފައި ނުވާނެ ކަމަށެވެ. އަދި އެދުވަހުވެސް ނިކުތީ އަދުލު އިންސާފު ގާއިމް ކުރުމަށްކަމަށާއި އެއީ ޝަރުއީ ނިޒާމްގެ އަގު ހިފެހެެއްޓުން ކަމަށެވެ. އެ ދުވަހު މުޒާހަރާއަށް ނިކުތީ، އަބްދުއްﷲ ގާޒީގެ ދިފާއުގައި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާތަކަށް ކެތް ނުކުރެވިގެން އިސްތިއުފާ ދެއްވީ ރައީސް ނަޝީދު ކަމަށެވެ. އޭރުވެސް މުޒާހަރާގެ ތެރެއިން ފުލުހުންނަށް ބަވާ، ގާ އުކާ ހަދާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިސްތިއުފާ ދެއްވުމަށްފަހު، އަނެއް ދުވަހު ރައީސް ނަޝީދު ނިކުންނެވީ ގައުމު ހަލަބޮލިކޮށްލުމަށް ކަމަށެވެ. އަދި އެމްޑީޕީގެ މީހުން މަގުމައްޗަށް ނެރެ، ފުލުހުންނަށް އަނިޔާކޮށް، ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދިން ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ތަކުރާރުކޮށް ރައީސް ނަޝީދަށް ފާޑުވިދާޅުވެ، އެއީ މި ގައުމު ވެސް ދުށް އެންމެ ބޮޑު “މުޖުރިމް” ކަމަށެވެ.

“އެއްރޭ ފަތިހު ނިދާ ހޭލި ގޮތަށް އެއް ކަންކަށީގަ ޖަހާ، ބީތާ އަރުވާލާފަ ހުރި ރާބޮޅެއް ހެން ގާތަކަށް ވަންނަހެން ރާސްލާފައި ގޮސް ޖުމްހޫރީ މައިދާނަށް ވަދެފަ ހަދާނެ ގޮތެއް ނޭނގިގެން އިސްތިއުފާ ދީފައި ދިޔައީ. އަޅުގަނޑުމެން ކޮން ކަމެއްތޯ ކުރީ؟…. އަޅުގަނޑުމެން ނުކުރަން އެއް ކަމެއް ވެސް” އަބްދުއްރަހީމް 

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ، އެމްޑީޕީގެ ފަރާތްތަކުން އަދިވެސް ގަބޫލު ކުރާ ގޮތުގައި، ބަޣާވާތަކުންނެވެ. ފެބްރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ފަހަތުގައި ގިނަ ބަޔަކު ޝާމިލުވެއެވެ. ސަލާމަތީ ބާރުތަކުގެ ބައެއް މީހުންނާއި އާންމުންގެ އިތުރުން ސިޔާސީ ގިނަ ބޮޑުން ހިމެނެއެވެ. ފެބްރުއަރީ 7 އަލުން ނިއުޅާލައި ތަހުގީގެއް ފަށައި ނަމަ އޭރު ވެސް އަދި މިހާރު ވެސް ސިޔާސީ މައިދާނުގައި ތިބި އެތައް ބަަޔަކު ހިމެނޭނެއެވެ. އޭގެ ތެރޭގައި މިވަގުތު ސަރުކާރު ފަޅިގައި ތިއްބެވި ބޭފުޅުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: