ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރެއް މަރާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފިއެވެ.

ޒަޚަމް ތަކަކާއެކު މަގުމަތީގައި އޮއްވާ ފެނުނު މިމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ. އެއީ، މިރޭ 9 ޖެހިފަހުންނެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މައުލޫމާތު ލިބޭގޮތުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލަފައިވަނީ އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރެކެވެ. އޭނާއަށް ހަމަލާދިނީ ގްރޫޕަކުން ކަމަށްވެސް މައުލުމާތު ލިބިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ މަރާލާފައިވަނީ އެފްޑަބްލިއު ފްލެޓްސް ކައިރީގައި ހުންނަ ކުޑަ ގޯޅިއެއްގެ ތެރޭގަައެވެ. އަދި އެ ގޯޅި ތެރޭގައި އޭނާ ދުއްވާ ކާރު އޮތްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: