ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިކެން ބޭނުންވާ ނަމަ، ފެން ބޯންވީ މިހެން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ހަމަގައިމުވެސް އެއްފަހަރަށް ވުރެ ގިނައިން އިވިފައިވާނެ އަޑެކެވެ. ފެން ބުއިމުގެ ފައިދާއާއި ފެން ބުއިމުން ހިކޭ ވާހަކަވާނީ އަޑު އިވިފައެވެ. އެކަމަކު އަސްލުވެސް ފެން ބޮއިގެން ހިކޭނެހެއްޔެވެ؟

އެހެންކަމަށްވާނަމަ ފެން ބީންވީ ކިހާވަަރަކަށް ހެއްޔެވެ. އަދި އެއިން ހިކޭނީ ކިހާވަރަކަށް ހެއްޔެވެ. ދިރާސާތަކުން ދައްކާގޮތުން މަދުވެގެން 0.5 ލީޓަރު ފެން ހިކެން އެހީތެރިކަން ހޯދަން ފެން ބޯނަމަ، ބޯން ޖެހޭނެއެވެ. ގިނައިން ފެން ބުއިމަކީ ހައިހޫނުކަން ކުޑަކޮށްދޭކަމެކެވެ. އަދި ހަޖަމްކުރުމުގެ ނިޒާމް ރަނގަޅުކޮށްދޭ ކަމެއްވެސްމެއެވެ. ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދިނުމުގައި ވިސްނާލަންވީ ކަންކަން ތިރީގައި މިވަނީއެވެ. އެކަމަކު ވިސްނާލަންވީ ކަމަކީ ހިކެން ބޭނުން ކުރާ އުކުޅުތަކުގެ ތެރެއިން އެކި މީހުންނަށް އެފެކްޓިވް ވަނީ ތަފާތު ގޮތްތައް ކަމެވެ. އެއީ ކޮންެމެ މީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅުއާއި ހަށިގަނޑުގެ ބާވަތާއި ގުޅިފައިވާ ކަމެކެވެ.

ފިޔަވަޅު 1: ކެއުމުގެ ކުރިން ފެންބުއިން

ކުރިންވެސް ބުނިހެން ފެނަކީ ބަނޑުހައިވުން ކުޑަކޮށްދޭ އެއްޗެކެވެ. އެހެންކަމުން ކެއުމުގެ ކުރިން ފެން ބުއިމުން ބަނޑު ފުރިފައިވާކަމުގެ އިހުސާސް ކުރެވި އިތުރަށް ކެއުމުން ދުރުކޮށްދެއެވެ. މިގޮތަށް ފެން ބުއިމުން 75 ކެލޮރީގެ ކާނާ މަދުން ކެވޭކަމަށް ދިރާސާތަކުން ދައްކައެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 27000 ކެލޮރީ މަދު އަދަދެކެވެ. މިގޮތަށް އަމަލު ކުރާނަމަ ކޮންމެ ގަޑިއަކު ކެއުމުގެ ކުރިން އަމަލު ކުރާނަމަ އަހަރެއްގެ މައްޗަށް 8 ޕައުންޑް ހިއްކާލެވޭނެއެވެ.

ފިޔަވަޅު 2: ހަކުރު ހުރި ބުއިންތަކުގެ ބަދަލުގައި ފެން ބޭނުންކުރުން

ގިނަ އެނަރޖީ ޑްރިންކްތަކާއި ތައްޔާރީ ބުއިންތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވެއވެެ. އެއިން ބަރުދަން ބަރުވުމަށް މަގުފަހިކުރުވައެވެ. މިފަދަ ބުއިންތަކުގެ ބަދަލުގައި ފެން ބޭނުން ކުރާށެވެ. ހުސް ފެން ބޯން އުނދަނގޫވާނަމަ އެއަށް ލުނބޮއާއި، އޮރެންޖް ފަދަ ހުތް މޭވާ އަޅައިގެން ބުއިން ރަނގަޅުވާނެއެވެ. ލުނބޮއަކީ ހިކެން ބޭނުންވާނަމަ ބޭނުން ކުރަން ކަމުދާނެ އެއްޗެކެވެ. އެއީ އާދަޔާ ޚިިލާފަށް ބަނޑުހައިވުމުން ދުރުކޮށްދޭ އެއްޗެކެވެ. މިގޮތަށް އަމަލްކުރުމުން 2 ހަފްތާއެއްހާ ދުވަސް ތެރޭގައި އަސަރު ފެންނާނެއެވެ.

ފިޔަވަޅު 3: ބޯންވީ ފިނި ފެން

ސިއްހަތާއި ބެހޭ ދިރާސާތައް ކުރާ ވެބް އެމްޑީން ބުނާގޮތުން ފިނިފެން ބުއިމަކީ ހަޖަމްކުރުމުގެ ނިޒާމް ހަރުދަނާ ކޮށްދޭކަމެކެވެ. ސަބަބަކީ މިގޮތަށް ފެން ބުއިމުން ހަށިގަނޑު ހޫނުކުރަން އިތުރަށް ހަށިގަނޑަށް މަސައްކަތް ކުރަން ޖެހޭތީއެވެ. އަދި ފިނިފެނުން މީހާއަށް ލިބޭ ތާޒާކަން ވެސް އިތުރުކޮށްދެއެވެ.

ފިޔަވަޅު 4: ޖިމަށް ދިއުން

ހަމައެކަނި ފެން ބުއިމުން އކެަނި ލިބޭ ނަތީޖާ ކުޑަވާނެއެވެ. އެހެންނަމަވެސް ރަނގަޅަށް ފެން ބޯނަމަ އަކުނިވަޔަށް ދެމުންފަދަ ސިއްހީ މައްސަލަތަކުން ދުރުހެލިވެ، ރަނގަޅަށް ކަސްރަތު ކުރަން މަގުފަހިކޮށްދެއެވެ. ރަނގަޅަށް ފެން ބުއިމާއި އެކު ކަސްރަތު ކުރާނަމަ އިސާހިތަކު ފާހަގަ ކުރެވޭނެފަދަ ބޮޑު ބަދަލެއް ހަށިގަނޑަށް އަންނާނެއެވެ. މިއީ ކޮންމެހެން މާ ބޮޑު ކަސްރަތަކަށް ވާކަށް ނުޖެހެއެވެ. ފަށާއިރު ދިހަ މިނިޓް ބާރަށް ހިނގާލިއަސް ރަނގަޅުވާނެއެވެ. މަޑު މަޑުން ގަޑި އިތުރުކޮށް، އިތުރު ކަސްރަތުތައް ވެސް ކުރަން ފަށާށެވެ.

ފިޔަވަޅު 5: ބޭނުންވާ ވަރަށް ފެންބޮވޭތޯ ޔަގީންކުރުން

ފެން ބުއިމުގެ އާދަ ހިކުމަށް މަގުފަހިވާގޮތަށް ބަހައްޓަން ބޭނުންވާ ނަމަ ދުވާލަކު 8 އައުންސްގެ 8 ތަށި ފެން ބޯށެވެ. ގިނައިން ދާހިއްލާ، ކަސްރަތު ކުރާ ނަމަ އެ އަދަދު އިތުރުކުރަން ޖެހެއެވެ. އަދި ފަތްޕިލާވެލި ހުންނަ ސައިފަދަ ތަކެތި ބޯނަމަ ފެން ބޯވަރު ކޮންޓްރޯލް ކުރަން ޖެހޭނެއެވެ. ދެން އޮތް ސުވާލަކީ ބޭނުންވާ ވަރަށް ފެން ބޮވުނުކަން އެނގޭނީ ކިހިނެއްތޯއެވެ؟
ކުޑަކަމު ދާއިރު، ސާފުކޮށް މަޑު ރީނދޫ ކުލައެއްގައި ހުރިނަމަ ފެން ބޮެވެނީ ރަނގަޅަށްކަމަށް ބަލާށެވެ. ކުޑަކަމުދާތަކެތީގެ ކުލަ އަނދިރިވި ވަރަކަށް އެނގެނީ ހަށިގަނޑަށް ގިނައިން ފެން ބޭނުންވާކަމެވެ.

ތިރީގައި މިވަނީ ފެންބޮވޭ ވަރު ދެނެގަތުމަށް އެހީ ތެރިވެދޭނެ ބައެއްގޮތްތަކާއި ބެހޭ މައުލޫމާތެވެ.

How Much Water You Should Drink A Day to Lose Weight

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: