ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން މިނިސްޓަރ ޢަލީ ވަހީދުގެ ދިފާއުގައި ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސާވިސް ޗާޖާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ހޫނު ފެނަށް ވެއްޓިފައިވަނިކޮށް، އޭނާއަށް އިތުބާރުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ ގިނަ ރިސޯޓްތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގަ އާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އަދި ރިސޯޓަކުން މުވައްޒަފަކު ކަނޑާލާމުން ގިނަ ފަހަރު ޝަކުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ވެސް ވަގު އެކައުންޓްތަކުން ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާމެދު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1210877143355256832?s=20

މިނިސްޓަރ ޢަލީ ވަހީދަށް ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެފައި އޮތް ދަނޑިވަޅެއްގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލީ ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަން ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުން އޭނާއަށް ވަރަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން މިނިސްޓަރަށް އިތުބާރު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝިދު ވިދާޅުވީ ފާއިތުވި އަހަރެއްގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަމަށެވެ.

“މިނިމަމް ވޭޖާއި ސާވިސް ޗާޖްގެ މައްސަލަ ހައްލުކުރެވޭނެ. މިނިސްޓަރ ޢަލީ ވަހީދަށް އިތުބާރުކުރަން”

ސާވިސް ޗާޖާ ގުޅޭގޮތުން ދެއްކެވި ވާހަކައާ ގުޅިގެން މިނިސްޓަރު ވަނީ ފަހުން މައާފަށް އެދިވަޑައިގެންފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: