ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތައް : ގެއްލުމުގެ ބަދަލު އަދިވެސް ނުލިބޭ، ޑިޒާސްޓަ މެނޭޖެމެންޓުން ދައްކަނީ ހުސް ބަހަނާ!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ މާލޭގެ އަބަދަށްފެހި މަގުގައި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަދިވެސް ފައިސާއެއް ނުލިބޭ ކަމަށާއި، ޑިޒާސްޓަރ މެނޭޖްމެންޓުން ދަނީ އެކި ބަހަނާތައް ދައްކާ ފައިސާ ދޫނުކޮށް ހިފަހައްޓަމުންކަމަށް އެ ހާދިސާގައި ގެއްލުންވި އާއިލާތަކުން ބުނެފިއެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް “ސަންގަށް” މައުލޫމާތު ދެމުން އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ މިހާތަނަަށް އައިއިރުވެސް ރިލީފް ފަންޑަށް ލިބުނު ފައިސާއެއްވެސް އަދި އެނޫންވެސް ގެއްލުމުގެ ބަދަލެއް ލިބިފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން ކުރަމުންދާކަމަކީ އެކި ބަހަނާތައް ދައްކައި އެ ފަރާތުގެ އިހުމާލުތައް ފޮރުވަންކަމަށްވެސް އެ ފަރާތުން ކިޔާދިނެވެ.

އެންމެ ފުރަތަމަ ޑިޒާސްޓަރ މެނޭޖްމެންޓުން ނިންމީ ގެތައް ތަޅާލަން ކަމަށާއި ނަމަވެސް ފަހުން ނިންމާފައިވަނީ ގެތަކުގެ ސްޓްރަކްޗްރަލް އެސެސްމެންޓެއް ހެދުމަށްފަހު ގެއްލުމުގެ ބަދަލުދިނުމަށް ކަމަށެވެ. ނަމަވެސް އެސެސްމެންޓް ހަދާ ނިމި އެތައް ދުވަހެއް ވެގެން ދިޔައުރުވެސް އަދިވެސް އެ ފައިސާ ނުލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެގޮތުން އެ ފައިސާ ދޫނުކުރެވި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބިގެންކަމަށް ޑިޒާސްަރ މެނޭޖްމެންޓުން އެ ފަރާތްތަކަށް މައުލޫމާތު ދީފައިވާކަމަށާއި ނަމަވެސް ފިނޭންސްއަށް ފޮނުވި ލިޔުންތައް ހުރީ ގޯސްކޮށްކަން އެނގިފައިވާކަމަށްވެސް އޭނާ ކިޔާދިނެވެ.

ހާލުގައި ޖެހި ގެދޮރުން ނިކުމެ އުޅެން ޖެހުމަކީ ދަތި އުދަގޫތަކެއްކަން ފާހަގަކުރަމުން އޭނާ ބުނީ، ޑިޒާސްޓަރ މެނޭންޖެމެންޓަށް އެ ހުރިހާ ފަރާތެއްގެ އެކައުންޓް ނަންބަރުވެސް ހޯދިފައިނުވާކަމަށެވެ. އަދި އެކަން ކުރީވެސް އެ ގެތަކުގެ މީހުންކަން އޭނާ ފާހަގަކުރިއެވެ. އަދި އެކައުންޓު ނަންބަރުތައް ހަމަކޮށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ފުރިހަމަކޮށް ފިނޭންސް މިނިސްޓްރީއަށް އަދިވެސް ފޮނުވާފައި ނުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގައި ޑިޒާސްޓަރ މެނޭޖްމެންޓްގެ އިދާރީ ބައިވަރު މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާކަން އޭނާ ވަނީ ކިޔާދީފައެވެ.

އޭނާ ބުނީ ދައުލަތުގެ އިދާރާތަކުގެ މިސްޓޭކްސް ތަކުގެ ސަބަބުން 700 އަށް ވުރެ ގިނަ މީހުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ބަލައިގަންނަން ވަރަށް ދަތިކަމެއްކަމަށެވެ. އެކަން އަވަސް ކުރުމަށް ބާރު އެޅުމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއަށް  ބުރާސްފަތި ދުވަހު އާއިލާތަކުން ގޮސް ތިއްބާ 2 ޖެހުމުން ބޮކިތައް ނިވާލާ އޮފީސް ބަންދުވީކަމަށް އަންގާ އެމީހުން އެތަނުން ފޮނުވާލާފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިއަދާ ހަމައަށް އައިއިރު އާއިލާތަކަށް ލިބެނީ ކޯޗެއްކަންވެސް ކިހާ ފައިސާއެއްކަންވެސް އަންގާފައި ނުވާކަމަށާއި، އަދި އެ ފައިސާ ނުލިބި ލަސްވަނީ ކީއްވެކަންވެސް އަންގާފައިނުވާކަމަށް ކަންބޮޑުވުމާއެކު އޭނާ ހިއްސާކުރިއެވެ.

އަބަދަށްފެހި މަގުަގައި ހިނގި އަލިފާނުގެ ހާދިސާގައި 31 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ބައެއް ގެތަކުން މީހުންވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. އަދި އެ ފަރާތްތަކަށް ވަގުތީ ގޮތުން ސަރުކާރުން ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެ ހާދިސާގައި 700 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ ގެއްލުން ލިބުނު އިރު އެކަކު ވަނީ ނިޔާވެފައެވ.

މިއީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: