ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައާއި ސާވިސް ކަނޑައަޅާނީ މިނިސްޓަރެއް ނޫން: ޤާސިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސާވިސް ޗާޖާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ ހޫނު ފެނަށް ވެއްޓިފައިވަނިކޮށް، މިނިސްޓަރ ގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަހުޖަނު ޤާސިމް އިބްރީމް ތެދުވެއްޖެއެވެ.

މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ ގިނަ ރިސޯޓްތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގަ އާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އަދި ރިސޯޓަކުން މުވައްޒަފަކު ކަނޑާލާމުން ގިނަ ފަހަރު ޝަކުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ވެސް ވަގު އެކައުންޓްތަކުން ކަމަށެވެ.

އޭނާ ވިދާޅުވީ، ރިސޯޓުތަކުން ސާވިސް ޗާޖު ދޭ މިންވަރު ފެންނަން އެބަހުރި ކަމަށާއި އެ ރެކޯޑުތައް ބަލައިލުމުން ވެސް ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅުކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެއީ ހަގީގަތެއް ނަމަވެސް ސާވިސް ޗާޖު ދަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާމެދު ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

https://twitter.com/qasimibrahim/status/1210980643120668672?s=20

ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދަކީ ޤާބިލް ހިންގުންތެރި ވަޒީރެއްކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް، އެކަމެއް ކުރަންވާނީ ޤާނޫނީ ގޮތުން ކުރެއްވެން އޮތް ކަމެއް އޮތް ގޮތަކަށް ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ މުސާރައާއި ސާވިސް ކަނޑައަޅާނީ މިނިސްޓަރެއް ނޫންކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

“މުސާރައާއި ސާވިސް ކަނޑައަޅާނީ މިނިސްޓަރެއް ނޫން”

ޤާސިމް މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު، ޤާސިމްގެ ވިލާ ހޮޓެލްސްގެ ދަށުން ހިންގާ ގިނަ ރިސޯޓުތަކުން ސާވސް ޗާޖް ދެނީ މަދުންކަމަށް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި ޤާސިމް އަކީ މިނިމަމް ވޭޖު ކަނޑައެޅުމާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެއްކަަންވެސް ފާހަގަކޮށްލެވެއެވެ.

ޤާސިމްގެ އިތުރުން، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދުވެސް ވަނީ ޢަލީ ވަހީދުގެ ދިފާއުގައި ޓްވީޓުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: