ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރުގެ ޝޯވް ބާއްވާތީވެ ޑރ.ިއިޔާޒު މެސެޖް: އާރާއިބާރު ލިބުމުން މި ސަރުކާރުގެ ވެރިން ކުރިން ދެއްކި ވާހަކަތައް ހަނދާން ނެތިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އާރާއިބާރު ލިބުމުން މި ސަރުކާރުގެ ވެރިން ކުރިން ދެއްކި ވާހަކަތައް ހަނދާން ނެތިއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޝޯވް އޮންނާނެކަން އިޝްތިހާރު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ޑރ.އިޔާޒު ވިދާޅުވީ، ކުރީގެ ސަރުކާރުން މި ޝޯވްތައް ބާއްާ ނާޗަރަންގީގެ ޢަމަލުތައް ހިންގާތީ އެކަމަށް އެންމެ ބޮޑަށް ފާޑުކީ ބަޔަކީ މިަދުގެ ސަރުކާރުގެ ހުނގާނުގައި ތިއްބެވި ބޭފުޅުންކަމަށެވެ. ނަމަވެސް އާރާއި ބާރު ލިބުނީމަ ކުރިން ދެއްކެވި ވާހަކަ ހަނދާނަކު ނެތްކަމަށާއި ހިތާމައިގެ ކޮޅެއްވެސް ނެތްކަމަށްވެސް އިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

https://twitter.com/dr_iyaz/status/1210943296542892032?s=20

އިޔާޒުގެ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީސްތަކުގެ ރުހުން ހޯދުމަށްޓަކައި ﷲ ނަހީ ކުރެއްވި ކަމެއްގެ ތެރެއަށް ވެއްޓިގަނެގެން ނުވާނެކަމަށެވެ. އަދިވެސް އިތުރު ޓްވީޓެއްގައި އިޔާޒު ވިދާޅުވެފައިވަނީ، ރައްޔިތުންނަށް މަޖުބޫރުކުރުވައިގެން އެކި ނަންނަމުގެ ޓެކްސްތައް ނަގާފައި، އެ ފައިސާކޮޅުން ﷲ ހަރާމްކުރެއްވި މިއުޒިކް ޝޯވް ބާއްވާ ހަވާއަރުވާ، ބޭނުމެެއް ނެތްގޮތުގައި ފައިސާ އަންދާ ހެދުމަކީ ކޮށްގެން ވާނޭކަމެއް ނޫންކަމަށާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމު މިކަންކަމަށް ވިސްނާވަޑައިގަތުމަށް އެދޭކަމަށެވެ.

https://twitter.com/dr_iyaz/status/1210946370653179904?s=20

ކޮންމެ މީލާދީ އާ އަހަރެއް ފާހަގަކުރަން ރައްޖޭގައި ފަހަކަށް އައިސް ޝޯވްތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބޭރުގެ މަޝްހޫރު ފަންނާނުންނާއި ރާއްޖޭގެ ފަންނާނުންނާއެކު ޝޯވ ބާއްވާ ހަދާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: