ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫގައި ހުރި މައްސަލަތައް ސަރުކާރުގެ ތެރެއިން ހައްލުކޮށްދޭނަން: ރައީސް ޞާލިހު

ޝެއާރކޮށްލާ ކަހަލަދޯ؟

މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައި ހުރި މައްސަލަތައް ސަރުކާރުގެތެރެއިން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވީ ކޮމަންޑޫ ކައުންސިލަރުންނާއެކު އާދިއެްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސް ޞާލިހާއި މަޝްވަރާކުރައްވާފައެވެ.

null

ރަށަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސް ޞާލިހާއި ޙިއްޞާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން އެމަނިކުފާނާ ޙިއްޞާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: