ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަ ބިން ބޭންކުގައި މޯގޭޖުކުރުމަށްފަހު، އިމާރާތްކުރާ ތަނުގެ ކުލި ކޮންޓްރޯލު ނުވާންވީ ސަބަބެއް ނުވިސްނޭ: އަލްހާން

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ގޯތީގެ ކުލި ކޮންޓްރޯލް ނުވާންވީ ސަބަބެއް ނުވިސްނޭކަމަށް ކުރިޔަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރަކަށް ކުރިމަތިލައްވާނޭކަން އިއުލާނުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ބަންޑާރަ ގެތަކުގެ ކުލި ކޮންޓްރޯލު ކުރުމަށް ގިނަ ބަޔަކު އެދެމުންދާ މި ދަނަޑިވަޅުގައި މި މައުޟޫގައި އެކި ބޭފުޅުންގެ ހިޔާލު ތަފާތުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުލި ކޮންޓްރޯލް ކުރެވޭކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، އޭގެ ބަދަލުގައި ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރުން ނޫންގޮތެއް ނެތްކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިއުޅެން ދޫކުރާ ބަންޑާރަ ބިމެއްގައި ހުއްދަ އޮތް އެންމެ ބޮޑު އިމާރާތެއް މި އަޅަނީ އެ ބަންޑާރަ ބިން ބޭންކެއްގައި ރަހުނު ކޮށްގެން ނަގާ ލޯނަކުން ކަމަށްވާއިރު ދައުލަތަށް ބަންޑާރަ ގޯތީގެ ކުލި ކޮންޓްރޯލް ނުވާންވީ ސަބަބެއް ނުވިސްނޭކަމަށެވެ. އަދި އިންކަމްޓެކުހާ ގުޅިގެން އެހެނެއް ނުހެދޭނެ ކަމަށްވެސް އަލްހާން ވިދާޅުވިއެެވެ.

https://twitter.com/AlhanFahmy/status/1211630824958783490?s=20

މި މައްސަލައިގައި ކުލި ކޮންޓްރޯލް ކުރެވޭނެކަމަށް ވާހަކަ ދެއްކެވި މަދު ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހިމެނެއެވެ. ޢަލީ ވިދާޅުވީ، ކުލި ކޮންޓްރޯލުވެސް ކުރެވޭނެ ކަމަށާއި ރެގިޔުލޭޓުވެސް ކުރެވޭނެކަމަށެވެ. އަދި ކުލި ދަށްވެސް ކުރެވޭނެއެވެ. ބޭނުންވަނީ ސިޔާސީ ހިއްވަރުކަމަށާއި އެންމެއިސްކަން ދޭ ސިޔާސަތަކީ ބޯޙީޔާވަހިކަން ކަމުގައި ހެދުންކަމަށް ވެސް މެންބަރު ޢަލީ ވިދާޅުވިއެވެ.

އަދި އަމުދުން ދައުލަތުގެ މލްކުވެރިކަންއޮންނަ ބަންޑާރަ ބިމުގައި އަޅާފައި ހުންނަ އިމާރާތެއްގެ ކުލި ކޮންޓްރޯލުކޮށް ރެގިއުލޭޓު ކުރުމަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނުކުރެވޭނެ ކަމެއް ނޫންކަމަށްވެސް ޢަލީ ވަނީ ވިދާޅުވެފައެވެ.

ވެރިރަށް މާލެ ސިޓީގައި ދިރިއުޅެމުން އަންނަ އެޕާޓްމެންޓުތަކުގެ ކުލި ދިވެހި ސަރުކަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ވަނީ އަމިއްލަ ޖަމިއްޔާއަކުން ފަށައިފިއެވެ. އާބާދީގެ ތިން ބައިކުޅަ އެއްބައި ދިރިއުޅޭ ވެރިރަށް މާލޭގެ ކުލި ވަނީ އިންތިހާއަށް މަތިވެފައެވެ. އެގޮތުން، ކުއްޔަށް ހައްލެގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: