ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ކައުންސިލް އިންތިޚާބު ޕްރައިމަރީއަށް ހުޅުވާލައިފި، މުއްދަތު ހަމަވާނީ 10 ޖެނުއަރީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީ މިއަދުން ފެށިގެން ހުލުވާލައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދާއިރާތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 10 ޖެނުވަރީ 2020 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ހުށައެޅުއްވުން އެދޭކަމަށެވެ.

މިޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ ކުރިންވެސް އިއުލާން ކޮށްފައިވާފަދައިން 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ޕާޓީގެ މެންބަރުންނަށް ކަމަށްވެސް އެ ޕާޓީގެ އިއުލާނުގައި ވަނީ ބުނެފައެވެ. އެމްޑީޕީގެ ޕްރައިމަރީ ގައި ވާދަކުރުމަށް ގިނަ ބަޔަކު ދަނީ އިއުލާނުކޮށް ކެމްޕެއިން ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: