ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. މާފުށީގައި ހަދަމުންދާ އިމާރާތަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގައި ހަދަމުންދާ އިމާރާތަކުން ބަނގުރާ ފުޅިތަކެއް ހޯދައިފި އެވެ.

ފުލުހުން ބުނީ މާފުށީގައި ބަނގުރާ ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 2:25 ގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން 21 ބަނގުރާފުޅި ހޯދާފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅި ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

އާއަހަރު ފާހަގަ ކުރުމަށް ހިންގާފައިވާ އެކި އެކި ޖިނާއީ ކުއްތަކާއި ގުޅިގެން 110 މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ އާއަރާއި ގުޅިގެން މާލެ ސިޓީ އަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަން މައުލޫމާތު އާންމުކުރަމުންނެވެ. އެގޮތުން ފުލުހުން ވިދާޅުވީ، އެންމެ ގިނަ ބަޔަކު ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއިގެން މަގުމައްޗަށް ނިކުމެ ހަމަނުޖެހުން އުފައްދަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.

އަދި ޖެނުއަރީ މަހުގެ 1ވަނަ ދުވަހު އެކަނިވެސް 5ތަނަށްވުރެ ގިނައިން ބަނގުރާ ބޭނުން ކުރަނިކޮށް އަދި ކައްކަނިކޮށް އަތުލައިގެންފައިވާކަން ފާޙަގަަކޮށްލެވއެވެ. އޭގެ ތެރެއިން އައްޑޫއާއި ފުވައްމުލަކުގެ ތަންތަން ހިމެނޭ އިރު އެންމެ ގިނަ ބަޔަކު ހައްޔަރުކުރީ ފުވައްމުލަކުންނެވެ. ފުވައްމުލަކުން ޖުމުލަ 23 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މާލޭގައި ފުލުހުން އޮޕަރޭޝަން ހިންގާފައި ވަނީ “ރިވެލި”ގެ ނަމުގައެވެ. މި އޮޕަރޭޝަން ތަކުގެ އިތުރުން އެހެނިހެން އޮޕަރޭޝަންތައް ވެސް ފުލުހުން އެބަ ކުރިއަށް ގެންދެއެވެ. މީގެ އިތުރުން ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު މަސްތުގެ ހާލަތުގައި ހުރި އެކަކު ރ.މީދުއިން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ މިދުވަސްވަރު ގެއިން ބޭރަށް ދާއިރު ސަމާލްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: