ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019 ނިމުނު އިރު އެމްޑީޕީގައި ބައިލައްކައަށް ވުރެ ގިނަ މެންބަރުން!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެހާސް ނަވާރަވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

31 ޑިސެމްބަރު2019 ވަނަ ދުވަހުގެ ނިޔަލަަށް ޕާޓީ ތަކުގެ ދަފުތަރުގައި ތިބި މެންބަރުންގެ އަދަދު އީސީން ހާމަކޮށްފައިވާއިރު، އެންމެ މެންބަރުން ގިނައީ ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީޕީ)ގައެވެ. އެގޮތުން އެމްޑީޕީގައި 54101 މެންބަރުން އެބަ ތިިއްބެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެމްޑީޕީގެ އިތުރުން ލިބެނީ ދެ ޕާޓީއަކަށެވެ. އެއީ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީ އެވެ. ޕީޕީއެމްގެ ދަފުތަރުގައި 36078 މެންބަރުން ތިބިއިރު، ޖޭޕީގެ ދަފުތަރުގައި ތިބީ 11072 މެންބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް ބަލާލާއިރު އެންމެ މެންބަރުން މަދު ޕާޓީއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން ދާދި ފަހުން ރަޖިސްޓްރީކުރި މޯލްޑީވްސް ރިފޯމް މޫވެމެންޓް (އެމްއާރުއެމް) ގައެވެ. އެމްއާރުއެމްގައި މިވަގުތު ތިބީ 2851 މެންބަރުންނެވެ. ދިހަ ހާސް މެންބަރުން އަމާޒު ހިފާފައިވާ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ ޑީއާރުޕީގައި 3033 މެންބަރުން އެބަތިއްބެވެ.

ސިޔާސީ ޕާޓީތަކުގެ ދަފުތަރު؛

* އެމްޑީޕީ 54101
* ޕީޕީއެމް 36078
* ޖުމްހޫރީ ޕާޓީ 11072
* އެމްޑީއޭ 8506
* އަދާލަތު ޕާޓީ 6789
* ޕީއެންސީ 4221
* އެމްޓީޑީ 3279
* ޑީއާރުޕީ 3033
* އެމްއެސްއެލްޑީޕީ 2977
* އެމްއާރުއެމް 2851

ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށް ޕާޓީތަކާ ބެހޭ ގަވާއިދުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: