ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަށް އެރި ދޯނީގެ ކައްޕި ގެއްލުނު މައްސަލަ ތަހުގީގުކުރަނީ!

ފަރަށް އެރި ދޯނި: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އާދީއްތަ ދުވަހު މާލެ އަތޮޅު ކަގި ފަރަށް އެރި މުދާ އުފުލާ ދޯނީގެ ކައްޕި، ގެއްލުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. 

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމްއެންޑީއެފުން ކަމަށެވެ.

ގެއްލުނު ކައްޕި، ހޯދުމުގެ މަސައްކަތް އޮއިވަރަށްބަލައިގެން އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

ފަރަށް އެދި ދޯނިން ގެއްލުނު އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރާކަން ހާމަކުރެއްވީ އަންގާރަ ދުވަހުގެ ވަގުތެއްގައެެވެ.

“ޓީޓީއެސް ފާން” ނަމަލަށް ކިޔާ ދޯނީގެ ކައްޕި ގެއްލުނު ކަން ފަޅުވެރިން ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އެ މީހުން އަންގާފައިވަނީ ހަމައެކަނި ކައްޕި ގެއްލުނުކަމުގެ މައުލޫމާތުކަމަށް ވާއިރު، އެ ދޯނި ފަރަށް އެެރިކަން ރިޕޯޓް ނުކުރާ ކަަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް، ގެއްލިގެން ހޯދަމުންދާއިރު ކައްޕި އަށް ވީ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކަކާ ގުޅިގެން އެ ހާދިސާއާއި މެދު ގިނަ ސުވާލުތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެސަރަހައްދުން ދިޔަ ލޯންޗަކުން ނެގި ފޮޓޯއަކުން ފެންނަ ގޮތުގައި ފަރަށް އެރި އިރުވެސް ދޯނީގައި ތިން މީހުން ފެންނަން ތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: