ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަސްރުﷲ ހޯދުމުގެ މަސައްކަތުގެ ތެރެއިން، ގެއްލުނު ޑިންގީގެ ބައެއް ފެނިއްޖެ

ފެނުނު ޑިންގީގެ ބައި: ފޮޓޯ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ.އަތޮޅު ދޮންފަނާއި، ހަނިފަރާ ދެމެދުގައި ދަތުރު ކުރަމުންދިޔަ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު އޭދަފުށީ މުޝްތަރީގޭ އުމުރުން 41 އަހަރުގެ ނަސްރުﷲ އަހުމަދު ދަތުރުކުރި ޑިންގީގެ ބައެއް ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެބައި ފެނުނީ 40 މީޓަރު އަޑިން ދޮންފަނު އަދި އަނގަފަރާއި ދެމެދުން ކަަމަށެވެ. އެމްއެންޑީއެފުން ބުނީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުން ޑައިވް ކުރަމުންދާ ސަރަހައްދުން ފެނުނު ޑިންގީގެ ބަޔަކީ އެއީ، ގެއްލުނު ޑިންގީގެ ތަކެތިތޯ ބަލަމުންދާ ކަމަށެވެ. ޑިންގީގެ އިންޖީނުގެ މަތިގަނޑުވެސް ފެނިފައިވާ ކަމަށް އެންއެންޑީއެފުން ބުނެފައިވެއެވެ.

https://twitter.com/MNDF_Official/status/1214443215509573632

ނަސްރުﷲ ހޯދުމުގައި އުނދަގޫތަކެއް ވަމުން ދަނީ، އޭނާ ގެއްލުނު ސީދާ ސަރަހައްދު ނޭގުމުން ކަަމަށް އެމްއެންޑީއެފް އިން ކުރިން ބުނެފައިވެއެވެ. 

ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި ބ. އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނީ ޑިންގީން ދަތުރުކުރި އޭދަފުށީ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، އެވެ. ޑިންގީއިން ދަތުރުކުރީ ތިން މީހުންކަމަށް ވާއިރު، އޭގެ ތެރެއިން މިހާތަނަށް ފެނުނީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ގެއްލުނު މީހާ ހޯދުމަށް ކުރަމުން އަަންނަ މަސައްކަތް ހުއްޓާލާފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: