ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ،ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ޖަޕާނުން1.3 މިލިއަން ރުފިޔާ ހަދިޔާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާން ސަރުކާރުގެ ފަރާތުން 86,961 އެމެރިކާ ޑޮލަރު (1.3 މިލިއަން ރުފިޔާ) ހަދިޔާކޮށްފިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު،   ކެއިކޯ ޔަނާއިއެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން އެހީއާ ހަވާލުވެލައްވާފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިމްރާން އިބްރާހީމެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، މި އެހީގެ ފައިސާ ބޭނުންކުރާނީ އެ މަރުކަޒުގެ މިހާރު ހުރި ކްލިނިކް އިތުރަށް މަރާމާތުކޮށް ޖާގައިގެ ތަނަވަސްކަން އިތުރުކުރުމަށްކަމަށެވެ. އަދި އިމަޖަންސީ ނުވަތަ ކުއްލި ހާލަތުތަކުގައި މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް އަވަސް ފަރުވާދެވޭނެ އިންތިޒާމު ގާއިމް ކުރުމަށް އެ ފައިސާ ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން އެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވިއެވެ.

މި މަރުކަޒުގައި މި ވަގުތު ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 200 މީހުން ދިރިއުޅެމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: