ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމަން ޖެހޭ: ނައިބް ރައީސް

ކ، ގުރައިދޫ ކައުންސިލާއެކު ނައިބް ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާހާއެކު ކައުންސިލުތައް އިތުރަށް ބާރުވެރި ވެގެންދާއިރު ރަށުގެ މުހިންމު ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމެވަން ޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ނަިއބް ރައީސް މިފަދައިން ވިދާޅުވީ ކ. ގުރައިދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.

ގުރައިދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއްދީގެން ޙައްލުކުރުމަށް އެދޭ ކަމެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރެއްވީ ކުނި މެނޭޖުކުރުމުގައި މިހާރު ހުރި ދަތިތަކެވެ. އަދި ބިންހިއްކުމުގެ މަޝްރޫޢާ އަދި ސްކޫލަށް އިތުރު ކްލާސްރޫމްތަކެއް އިތުރުކުރުމުގެ މަޝްރޫޢު ކުރިޔަށްގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި ބައެއް ޚިޔާލުތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު ބައެއް ކަންކަމާއި އިޖްތިމާއީ ދުޅަހެޔޮކަމަށް ބޭނުންވާ ބައެއް ކަންތައްތަކާ ބެހޭގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާހާއެކު ކައުންސިލުތައް އިތުރަށް ބާރުވެރި ވެގެންދާއިރު ރަށުގެ މުހިންމު ކަންކަން ނިންމުމުގައި ވީހާވެސް ބޮޑަށް ރައްޔިތުންނާ މަޝްވަރާ ކުރައްވައިގެން ކަންކަން ނިންމެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޖްތިމާޢީ ދުޅަހެޔޮކަމަށް ކައުންސިލުން އިސްނަގައިގެން މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައިޔ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގުރައިދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: