ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 އެކު މާލެ ތެރެ ނާމާންވީތަ؟

ފުލުހުން ހިންގި އޮޕަރޭޝަންެއެއްގެ ތެރެއިން---
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރަކީ މާލޭގެ ރާއްޖޭގައި ހަމަނުޖެހުމާއި ބޯޑެތި ކުއްތަށް މަދު އަހަރެއްގެ ގޮތުގައި ވަނީ ފާހަގަވެގެން ގޮސްފައެވެ. ޚާއްސަކޯށް ގޭންގް މާރާމާރީތަށް ބޮޑުތަނުން ވަނީ މަދުވެފައެވެ. 2019 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ހަމަނުޖެހުންތަކުން ފުރިގެން ދިޔަ ބިރުވެރި މާހައުލުން އެއްކިބާވެ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ލިބުނު އަހަރެއްގެ ގޮތުގައެވެ.

ނަމަވެސް 2020 ވަނަ އަހަރު ފެށިގެން ހަފްތާއެއް ވެފައިވާއިރު އެ އަމާންޖައްވު މިއަހަރަށް ވާސިލްވިއެކޭ ނުދެންނެވޭނެއެވެ. ބިރުވެރިކަމާއި ނާމާންކަމުގެ ކޮޅުމަތި ފެންނަ ކަހަލައެވެ. މީސް މީޑިއާގައި ރޭގެ ވަގުތެއްގައި އާންމުވެގެން ދިޔަ ފވީޑިއޯއާއި އެކު މާލޭގައި ދިރިއުޅެމުންދާ ގިނަ ބަޔަކަށް ބިރުވެރިކަންވެރިވެގެން ދިޔައެވެ.

ވީޑިއޯގައި ފެނިގެން ދަނީ 14 މީހުން އެކުލެވޭ ގުރޫޕަކުން އައިސް މީހެއްގެ ގައިގައި ތަޅައިގަންނަ މަންޒަރެވެ. 45 ސިކުންތުގެ އެ ވީޑިއޯ އަޅުގަނޑުވެސް ބަލާލީމެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

އޭނާ ގައިގެ އެތަން މިތަނުގައި ކޮޅުފައިން ތަޅަމުން ދިޔައިރު އިންސާނިއްޔަތު ކަމުގެ ކުޑަ މިންވަރެއްވެސް ނެތެވެ. ވީޑިއޯގެ ފެށިގެން އައިއިރު ރީނދޫކުލައިގެ އެއްޗެއް ލައިގެން މަގުމައްޗަށް ވެއްޓިފައި އެމީހާ އިނެވެ. އޭނާގެ މޫނުމަތީގައި އޭރުވެސް މީހަކު ޖަހަމުންގެންދިޔައެވެ. އަދި ފަހަތުން އިތުުރ މީހަކު ކޮޅުފައިން އޭނާ ބުރަކަށީގައި ޖަހަމުންދިޔައެވެ. 

މަދު ސިކުންތުކޮޅެއް ފަހުން ދެމީހަކު ސައިކަލެއްގައި އައިސް އޭނާގެ މޫނުމަތީގައި ސައިކަލުން ޖައްސައެވެ. އޭގެ ފަހުން އަނެއްކާވެސް އިތުރު ބަޔަކު އައިސް އޭނާގެ ގައިގައި ތަޅާ މަންޒަރު ފެނެއެވެ. ކޮންމެ މީހަކުވެސް ބެލީ ކޮންމެވެސް ގޮތަކުން އޭނާގެ ގައިގައި ޖެހޭތޯއެވެ. އަނިޔާ ލިބެމުން ދިޔަ މީހާ، މޫނުގައާއި ބޮލުގައި އަތް އަޅައިގެން އނަިޔާތަކުން ސަލާމަތްވެވޭތޯ މަސައްކަތް ކުރެއެވެ.

އިރުކޮޅެއް ފަހުން އާންމުންގެ އިތުރު ބަޔަކާއި ފުލުހެއް އައިސް އެމީހުންގެ ތެރެއަށް ވަދެ މަސަލަސް ކުރެވޭތޯ ބަލައެވެ. އެ ސަރަޙައްދު ދޫކޮށް ދިއުމުގެ ކުރިންވެސް އޭނާ ގައިގައި އެންމެ ފަހު ފަހަރަށްވެސް ޖަހާލެވޭތޯ ކޮންެމެ މީހަކުވެސް ބެލިއެވެ.

ނަމަވެސް ފުލުސް މީހާ އެތަނުން އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. އަނިޔާ ކުރި އެންމެންވެސް އެތަނުން ފައްސާލީއެވެ. ދިވެހި ފުލުހުންވެސް އެމީހުން ދެކެ ބިރުގަތީތޯ؟ މާރާމާރީ އެވަގުތު ކޮންޓްރޯލް ކުރުމަށްފަހު އެތަނުން އެއްވެސް މީހަކު ހައްޔަރު ނުކުރީތީ އެކަމާއި ގިނަ ބަޔަކު ސުވަލު އުފައްދައެވެ.

މި އަނިޔާވެރި ރަހުމްކުޑަ ވީޑިއޯއާއި އެކު އެތަށް ބަޔަކު ވަނީ ބިރުވެރިކަން އަނެއްކާވެސް ވެރިވެފައިވާ ކަމަށް ބުނެ ވީޑިއޯއަށް ކޮމެންޓުކޮށްފައެވެ. މާލެއަށް އަންނަ ހިތް ނުވާ އެންމެ ބޮޑު އެއް ސަބަބަކީ މިފަދަ އނަިޔާވެރި އަމަލުތަށް ގިނަވުން ކަމަށް ބުނެ އަތޮޅުތެރޭގައި އުޅޭ ގިނަ ބަޔަކު ވަނީ ކޮމެންޓު ކޮށްފައެވެ.

އެ ވީޑިއޯގެ ލާއިންސާނީކަން ބަލާލި ކޮޮންމެ މީހަކަށްވެސް އިހުސާސްވާނެއެވެ. އެވަގުތު އެތަނުގައި ބަލަހައްޓައިގެން މީހުން ތިބި ނަމަވެސް ސަލާމަތް ކުރުމަށް ކައިރިވާން ނުކެރިފައިތިބި ކަން އިނެގެއެވެ. އެތަނާއި ގާތްވާ ބަޔަކު ވެސް “ދުއްވާލާނެ” ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކޮންމެ އަކަސް މިއީ 2020 ވަނަ އަހަރު ފެށުމެވެ. އަދި މިއުޅެނީ އަހަރު ފެށިގެން ރަނގަޅަށް ހިންދެމި ނުލެވިއެވެ. އާންމުވެގެން ދިޔަ ވީޑިއޯއާއެކު މިއަހަރަށް ކުރެވުނު އުންމީދުތަށްވެސް މިވަނީ ފެނަށް ގޮސްފައެވެ. މި ވީޑިއޯއާއެކު އެކަނި މަގުމައްޗަށް ނިކުތުމާއި މެދު ދެވަނަ ފަހަރަށް ވިސްނާލަން މަޖުބޫރުވެއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: