ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް – އިދިކޮޅު

އިދިކޮޅު ލީދަރުން --- ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް އަދި ޕީއެންސީން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް “އެޖެންޑާ 19” ޕްރޮމޯޓު ކުރުމަށް، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުންނަށް ދައްކަމުންދާ ހުވަފެންތަކަށް ނުހެއްލުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށާއި މި ސަރުކާރަކީ ނުފުއްދޭ ވައުދުތައް ވަމުންދާ ސަރުކާރެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ޕިޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިގެން ނޫނީ، މި ގައުމު މި އޮތް އަނދަވަޅުން ސަލާމަތް ނުކުރެވޭނެ ކަމަށާއި، އެމްޑީޕިގެ އެއްވެސް ހަރަކާތެއްގައި އިދިކޮޅު އެއްވެސް މީހަކު ބައިވެރިނުވުމަށް އެދޭ ކަމަށެވެ. އަދި ސަރުކާރުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: