ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިބްކޯގެ 2020 ގެ އަމާޒު: މުޅި ރާއްޖެއަށް ކުންފުނީގެ ހިދުމަތް ފުޅާ ކުރުން

ސިބްކޯގެ 2020 ގެ އަމާޒު: މުޅި ރާއްޖެއަށް ކުންފުނީގެ ހިދުމަތް ފުޅާ ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިބްކޯއިން ކުންފުނީގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް “2020 ވަނަ އަހަރުގެ އަމާޒު” އިފިްތިތާހުކޮށްފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ ވިއްކާ ކުންފުންޏެއް ކަމަށްވާ ސިބްކޯއަށް މި މަހުގެ 10 ވަނަ ދުވަހު ވަނީ 4 އަހަރު ފުރިފައެވެ.

އަހަރީ  ދުވަހާއި ގުޅިގެން ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ހާއްސަ ރަސްމިއްޔާތެއް ޗަމްޕާ ސެންޓްރަލްގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ކުންފުނިން މި އަހަރު ކުރިޔަށް ގެންދާނެ ހަރަކާތުގެ ޕްލޭންއެއް ތައާރަފްކޮށްފައެވެ. އެ ޕްލޭނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސިބްކޯގެ  ޗެއާމަން، މުހައްމަދު ޝަވީދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކަކީ ކުންފުންޏަށް އެތައް ގޮތަކުން ކުރިއެެރުން ގެނުވި އަހަރުތަކެއް ކަމަށެވެ. 50 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެކު މަސައްކަތް ކުރަމުންދާއިރު، ކުންފުނިން ހޯދާފައިވަނީ ހީވެސް ނުކުރާހާ ބޮޑެތި ކުރިއެރުންތަކެއް ކަމަށް އޭނާ ބުންޏެވެ.

ސިބްކޯ އިން ގެންނަ މުދާ މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން މަދު ދުވަސްކޮޅެއްގެ ތެރޭގައި، މާލޭގެ އިތުރުން ސިބްކޯގެ ދެ އައުޓްލެޓެއް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ވަނީ ހުޅުވާފަ އެވެ.

ކުންފުނީގެ މަސައްކަތްތައް ފެށިގެން އައިގޮތށް ހިއްސާކޮށް ސިބްކޯއިން ބުނެފައިވަނީ އެންމެ ފުރަތަމަވެސް ބެލީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ސިބްކޯއަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ހާއްސަ ނެޕީއެއް ކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަން އެ ފިހާރައިން ވަނީ ފާޙަގަކޮށްފައެވެ.

މީގެ އިތުރުން ސިބްކޯއިން ވަނީ މުޅިން އަލަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރިސޯޓު ސަޕްލައިގެ މަސައްކަތް ވެސް ފަށާފައެވެ.

މި އަހަރަށް ސިބްކޯއިން އަމާޒު ހިފާފައިވާ ކަންތަކުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ސިބްކޯގެ އައުޓްލެޓުތައް ގާއިމު ކުރުން ހިމެނެއެވެ. އަދި ހިދުމަތްތައް ފުޅާ ކުރުމަށްޓަކާ ކުރެވެން ހުރި މަސައްކަތްތައް ދެނެގަނެ ކަސްޓަމަރުންނާއި ވީހަވެސް ގާތުން މަސައްކަތް ކުރުމަކީ ސިބްކޯގެ އަމާޒެވެ.

ޗެއާމަން، މުހައްމަދު ޝަވީދު ވަނީ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ސިބްކޯގެ ކަސްޓަމަރުން ބަހައްޓާ ގާތްކަމާއި، އިތުބާރު ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: