ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ، ދިވެހި ވެބް ސީރީޒް “ހަނާ” ދިރާގު ބައިސްކޯފުން ދައްކަން ނިންމައި، ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މި ސީރީޒް އަކީ، އަމްޖަދު އިބްރާހީމްގެ ޑައިރެކްޝަން އަށް ކުޅެފައިވާ ސްރީޒް އެކެވެ.
ޖުމްލަ 13 އެޕިސޯޑެއްގެ ފެންނާނެ، މި ސީރީޒްގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ “ޖާދޫގައި ޖެހޭނޭ” ލަވައިން ފިލްމީ ދާއިރާއަސް ނުކުތް ކުޅަދާނަ ބަތަލާ އައިމިނަތު ނޫރާ އެވެ. ނޫރާ ވަނީ، ބައެއް ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިއެވެ. “ހަނާ” ގައި ފެނިގެންދާނެ އިތުރު ތަރިންނާ ބަލާއިރު، އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ހިމެނެ އެވެ.
މި ފިލްމުން ފެނިގެން ދަނީ ލޯބީގެ އަސަރުގަދަ ހާދިސާތަކެކެވެ.
ފިލްމު ބައިސްކޯފުން ދައްކާނީ މިމަހުގެ ތެރޭގައި ކަމަށް ބެލެވެއެވެ.