ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ހުވާ“ ސީޒަން 2 މިމަހު 30 ގައި!

ހުވާގެ ޕޯސްޓަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިސްކޯފުން ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު ވެބް ސީރީޒް، މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސަރ އަދި ލިޔުންތެރިޔާ ފާޠިމަތު ނަހުލާގެ ”ހުވާ“ގެ ދެވަނަ ސީޒަން މިމަހު 30ގައި ދައްކަން ފަށާނެކަން އިޢުލާންކޮށްފިއެވެ.

”ހުވާ“ގެ ދެވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ކާސްޓަށް ވަނީ ބަދަލެއް ގެނެސްފައެވެ.   އެ ގޮތުން ފުރަތަމަ ސީޒަންގައި ރަވީ ކުޅުނު ކެރެކްޓަރއިން ދެން ފެންނާނީ ޢަބްދުﷲ މުއާޒް (މުއާ) ކަމަށް ސީރީޒްގެ ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ބުނެއެވެ.

ނަހުލާ ބުނީ، ރަވީ ކުޅެފައިވާ ރޯލަށް މުއާ ހަމަޖެއްސީ ރަވީއަށް ވަގުތުދެވެން ނެތުމުންކަމަށެވެ.

”ހުވާ“ގެ ފުރަތަމަ ސީޒަން ނިންމާލާފައި ވަނީ އައްޒަ (މިންހާ) އާއި އޭނާގެ ފިރިމީހާ ރަވީ (އާޒިމް) ވަރިވުމަށްފަހު އަލުން ގުޅޭ ހިސާބުންނެވެ. އެހެންކަމުން ސީޒަން 2ގައި ފެނިގެންދާނީ އައްޒަ އާއި އޭނާގެ ފިރިމީހާގެ ލޯބީގެ ބައިތަކެއް ކަމަށް ވެސް ނަހޫ ބުންޏެވެ.

ހުވާގެ ފުރަތަމަ ސީޒަން އަށް  ބޮޑު ތަރުޚީބެއް ލިބިގެން ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: