ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި!

އުރީދޫގެ ގެނެރަލް މީޓިންއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 25 ނިޔަލަށް އުރީދޫ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ، ޑިރެކްޓަރު ކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިމަހު 2ގެ ނިޔަލަށެވެ. ނަމަވެސް، މިހާރު މުއްދަތު އިތުރުކޮށްފައިވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަކަށް ހުޅުވާލާފައިވާ ކަމަށާއި މި މަގާމަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު އެވެ.

އެ ކުންފުނިން ބުނީ ޑިރެކްޓަރު ކަމަށް ކުރިމަތިލާ މީހުން ޝޯޓް ލިސްޓް ކުރާނީ އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީ އިން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: