ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެތުލެބު ހިތުގެ ޓްރާންސްޕްލާންޓް ހެދޭ ވަރަށް ތަރައްގީ ކުރަނީ!

އައިޖީއެމްއެޗް ލެބް ތެރެއިން - ފޮޓޯ: އައިޖީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ގާއިމް ކޮށްފައިވާ ކެތުލެބު، ހިތުގެ ޓްރާންސްޕްލާންޓް ހެދޭ ވަރަށް ތަރައްގީ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްޗުގެ ސީނިއަރ ކޮންސަލްޓެންޓް އިންޓަރވެންޝަނަލް ކާޑިއެލޮޖިސްޓް ޑރ. ޢަލީ ޝަފީގު ވިދާޅުވީ އެ ޚިދުމަތް ތަޢާރަފު ކުރުމުން ދިވެހީންނަށް ވަރަށްބޮޑަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކެތުލެބު ހުޅުވުމަށްފަހު މިހާތަނަށް ފަސްހާހަށްވުރެ ގިނަމީހުން އެތަނުން ފަރުވާ ހޯދައިފައިވާ ކަމަށެވެ.

ކުރިއަތް އޮތްނުގައި އެތަނުގެ ޚިދުމަތްތައް އިތުރުކޮށް ފުޅާވެގެންދާނެ ކަމަށެވެ. ޑރ. ޢަލީ ޝަފީގު ވިދާޅުވީ ހާޓު ޓްރާންސްޕްލާންޓަށް ދާނީ ފަޅާނުލާ ކުރާ އޮޕަރޭޝަންތައް ތަޢާރަފް ކުރުމަށްފަހު ކަމަށެވެ. އެ އެޕަރޭޝަން ވެސް މިއަހަރު ތެރޭގައި ފަށާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

ޢަލީ ޝަފީގު ވިދާޅުވީ ކެތުލެބު ހުޅުވުނު ފަހުން ލިބިފައިވާ އެންމެބޮޑު ކާމިޔާބެއް ކަމަށް ދެކެވަޑައިންގަންނަވަނީ ހާޓުއެޓޭކުޖެހުގެން އެތަނަށް ގެންދާ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރެވުން ކަމަށެވެ. ފާއިތުވި ތިން އަހަރުތެރޭގައި ހާޓުއެޓޭކު ޖެހިގެން އެ ތަނަށްވަނީ ދެހާސް މީހުން ގެންގޮސްފައެވެ. އޭގެ ތެރެއިން ފުރާނަ ސަލާމަތް ނުކުރެވުނީ އެންމެ ދެމީހެއްގެއެވެ. ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލަށް ހަފްތާއަކު 4 ވަރަކަށް މީހުން އަންނަ ކަމަށް އަލީ ޝަފީގު ވިދާޅުވިއެވެ.

އެތަނުގައި އޮޕަރޭޝަން ކުރެވެން އަދިނެތެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ މިއަހަރު އެ ޚިދުމަތް ފެށުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކެތުލެބުގެ ސުޕަރ ސްޕެޝަލިސްޓު ޑރ. ޕްރަތާބު ވިދާޅުވީ އެތަނުން މަސައްކަތް ކުރަމުން ގެންދަނީ މިސަރަހައްދުގެ ގައުމުތަކާ އެއް ހަމައަކަށް އައުމަށް ކަމަށެވެ. އެގޮތުން އޮޕަރޭޝަން ކޮށްގެން މެނުވީ ނުދެވޭ ފަރުވާ ކެތީޓަރގެ އެހީގައި ނުވަތަ ފަޅާނުލައި ދޭން ފަށަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ އީއީ ފަޅައިލައިގެން ދޭ ފަރުވާއަށްވުރެ ރިސްކުކުޑަ ކަމެކެވެ.

މި ފަރުވާ ރާއްޖޭގައި ފެށުމުން އެކަން ވެގެންދަނީ އެޚިދުމަތް މިސަރަހައްދުގައިދޭ ދެވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ އިންޑިއާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: