ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮރުން ދޮރަށް ހިނގައިގެން ހޯދަންވީ މުސީބާތް ޖެހިފައި ތިބި ކުދިން: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތަކުން ވޯޓު ހޯދަން ދޮރުން ދޮރަށް ހިނގުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުން ދޮރުން ދޮރަށް ހިނގައި ހޯދަނވީް އެކިއެކި ގޭގޭގައި ތިބި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިތިބި ކުޑަކުދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ. 

މޫސަ މިހެން ވިދާޅުވެފައިވަނީ ގއ.ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގެ އިތުރުން ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ އެތައް މައްސަލަތަކެއް ފެންމަތިވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މޫސަ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށްފަހު، ޖިންސީ ގޯނާގެ މުސީބާތް ޖެހިފައި ތިބި ކުދިން ހޯދުން މުހިއްމު ކަމަށެވެ. ނަމަވެސް މިހާރު ސިޔާސީ ޕާޓީތަކުން ދޮރުން ދޮރަށް ހިނގައިގެން ހާދަނީ އެކިއެކި ގޭގޭގައި ތިބި ވޯޓުލެވޭ މީހުން ކަމަށާއި އަދި ހާލުއަހުވާލު ބަލަމުން ދަނީ ވެސް ވޯޓުލެވޭ މީހުންގެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. 

https://twitter.com/ReekoMoosa/status/1219093300705144832?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1219093300705144832&ref_url=https%3A%2F%2Fwww.addulive.com%2F173374

ކަނޑުހުޅުދޫ ރޭޕްގެ މައްސަލާގައި މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައެވެ. އަދި ކުއްޖާ އަށް އިހުމާލުވި މައްސަލާގައި ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

ޖިންސީ ގޯނާގެ ޝިކާއަރަކަށްވި އެ އަންހެން ކުއްޖާ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މައްސަލަ ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި މައްސަލަ މީޑިޔާތަކުގައި ރިޕޯޓު ކުރުމާއެކު އާންމުން އަންނަނީ އެކަން ކުރި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: