ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ބާރެއް މަޖިލީހަށް ބޭނުމެއް ނުކުރެވޭނެ!

ރައީސް ސާލިހު އަދި އަރިހުގައި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އެންގެވި އެންގެވުމަކީ ރައްޔިތުންގެ މަޖިލީހަށް އެންގޭނެ އެއްގުމެއް ނޫން ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ހަ ކަމެއް ކުރަން ކަމާބެހޭ މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހުޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ރޭ ވަނީ ބުނެފައެވެ.

މަޖިލީޙުގެ މި އެންގެވުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީޏްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ކުރީގެ ނައިބް ރައީސް ޑރ ޖަމީލް ވިދާޅުވީ  ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ކަމަށެވެ. އަދި މަޖިލީހުގެ ބާރު އޮތީ ގާނުނުއަސާސީގެ 70 ވަނަ މާއްދާގައި ކަމަށް ވިދާޅުވެ، މަޖިލީހުން ބޭނުން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. 

https://twitter.com/MJameelAhmed/status/1219157058190114817

ގާނޫނުއަސާސީ ގެ115މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ މާއްދާއެވެ. މި މާއްދާގައި ރައީސުލްޖުމްހޫރީއްޔާއަށް ގިނަ ކަންތައްތަކެއް މަތިކޮށްފައިވާއިރު އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުށާދު ދިނުމަކީ ރައީސުލްޖުމްހޫރީއްޔާގެ މަސްއޫލީއްޔަތެކެވެ. 

ޑރ ޖަމީލް ދެން ފާހަގަ ކުރައްވާފައިވާ ގާނޫނުއަސާސީގެ 70 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީޙުގެ މަސްއޫލީއްޔަތުތަކާއި ބާރުތައް ބަޔާން ކޮށްފައިވާ މާއްދާއެވެ. 

އެގޮތުން ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަސް ލިބިގެންވާ ބާރުތަކަކީ ގާނޫނުއަސާސީ ގައި ބަޔާންކުރާ ގޮތުގެމަތީން ގާނޫނުއަސާސީ އަށް އިސްލާހުގެނައުން. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލުގެނައުމާއި، ގާނޫނު ބާތިލްކުރުން. ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުން. އަދި މިކަންކަން ކުރުމަށްޓަކައި ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެމަތީން ފިޔަވަޅުތައް އެޅުން ހިމެނެއެވެ. 

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކޮށްފަ އެވެ. އެ ކޮމިޓީގައި މުއައްސަސާތަކުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ނިޒާމުގައި ހުރި ގިނަ މައްސަލަތައް ފާހަގަ ކޮށްފަ އެވެ.

ކޮމިޓީގެ  ބައްދަލުވުމުގައި މުއައްސަސާތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ނިޒާމުގެ ތެރޭގައި އޮތް ހަ މައްސަލައެއް ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި އެއިން ކޮންމެ މައްސަލައެއް ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށް ކޮމިޓީގައި މަޝްވަރާ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: