ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިޅީހުން ޖެންޑަރ މިނިސްޓްރީއަށް އެންގި އެންގުން ގާނޫނުއަސާސީއާއި ހިލާފް:ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމި ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އެންގެވި އެންގެވުމަކީ ގާނޫނުއަސާސީއާއި ހިލާފް އެންގެވުމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ. 

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ހަ ކަމެއް ކުރަން ކަމާބެހޭ މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އެ ނިންމުންތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ރޭ ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރެއްވި ޓުވީޓަށް ރަްދު ދެއްވައި ހައިލަމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުން ދިވެހި ދައުލަތުގެ 3 ބާރު ވަކިކުރެވިފައިވާއިރު، ޤާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރުތަކަށް އަރައިގަތުމަކީ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމަށެވެ. 

https://twitter.com/ahmedhailam/status/1219267938504437760?s=21

ރައްޔިތުންގެ މަޖިލީހުން ޖެންޑަރ މިނިސްޓްރީއަށް އެންގެވި އެންގެވުމަކީ ގާނޫނުއަސާސީއާއޮ ހިލާފް އެންގެވުމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ހައިލަމް ވިދާޅުވެފައިވާއިރު ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ މަޖިލީހުގެ ފަރާތުން ރައީސް ނަޝީދު ޖެންޑަރ މިނިސްޓްރީއަށް އެންގެވި އެންގެވުމަކީ މަޖިލީހުން ރައީސްގެ ބާރުތަކަސް އަރައިގަތުން ކަމަށެވެ. 

މަޖިލީޙުގެ މި އެންގެވުމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީޏްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ކުރީގެ ނައިބް ރައީސް ޑރ ޖަމީލް ވިދާޅުވީ  ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ސިޔާސަތު ކަނޑައަޅައި އިރުޝާދު ދެވޭނީ ރައީސުލްޖުމްހޫރިއްޔާ އަށް އެކަނި ކަމަށެވެ. އަދި މަޖިލީހުގެ ބާރު އޮތީ ގާނުނުއަސާސީގެ 70 ވަނަ މާއްދާގައި ކަމަށް ވިދާޅުވެ، މަޖިލީހުން ބޭނުން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: