ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާދާރުކަމާއި އެކު މަސައްކަތް ނުކުރެވޭނަމަ އަމީން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

ޒިންމާދާރުކަމާއި އެކު މަސައްކަތް ނުކުރެވޭނަމަ އަމީން އިސްތިއުފާ ދިނުމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ގޮވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޒިންމާދާރު ކަމާއި އެކީ، މަސައްކަތް ނުކުރެވޭނަމަ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމަށްވަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައިފިއެވެ.

އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފަޔަކަށް އެދުމުން އެކަމުގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ހުށަހެޅިއެވެ.

ކުށްލިގޮތަކަށް މައުޟޫ އަންނަންވީ ގޮތެއް ވެސް ނުވިސްނޭއިރު، މި ވާހަކައެއް ވެސް ފެންމަތިވެގެން މިއައީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ގިނަވެ އެކަމާއި ދެކޮޅަށް އަޑުއުފުލަމުން އައި ދަނޑިވަޅެއްގައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ. މައްސަލަ ގޯސްވުމާއި އެކު އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން، ލަފައަކަށް އެދުނީ އެޗްޕީއޭއިން ކަމަށެވެ.

އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް ވިދާޅުވެ، އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ރައުޔެއް ހޯދުމަށް ފޮނުވި ސިޓީ ފަހުން އަމީން ބާތިލު ކުރެވިއެވެ. ހެލްތް މިނިސްޓްރީން އަމަލު ކުރި ގޮތާއި ގުޅޭގޮތުން ހިތްހަމަޖެހިވަޑައި ނުގެން ކުރެއްވި ޓްވީޓުގައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތް ކުރަން އެނގޭނެ މީހުން އެބަތިބި ކަމަށެވެ. އެހެން ކަމުން، ރަނގަޅު ގޮތުގައި މަސައްކަތް ނުކުރެވޭނަމަ އެންމެ ރަނގަޅުގޮތަކީ އިސްތިއުފާ ދެއްވާ މަގާމުން ދުރަށް ޖެހިވަޑައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރުކަމާއި އެކީ ވަޒީފާ އަދާ ނުކުރެވޭނަމަ އިސްތިއުފާ ދެއްވާ. ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި.” ހަސަން ލަތީފް

ހަސަން ލަތީފްގެ އެ ޓްވީޓަށް ތާއީދުކޮށް ބައެއް އެމްޑީޕީ މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. ސިޓީ ބާތިލު ކުރައްވާ އަމީން ވިދާޅުވީ އަންހެނުން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމުގައި ލަފާ ހޯދަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

https://twitter.com/HassanLatheef/status/1220927899563282432

އެ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ އެއްވެސް އަސާސެއް އިސްލާމީ ޝަރީއަތުގައި ނެތް ކަމަށެވެ. ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ދީނެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިންސާނުންގެ ރައްކާތެރިކަމަށް ދީން ބާރު އަޅާ ކަމަށެވެ.

ކުށްލިގޮތަކަށް އަންހެނުން ހިތާނު ކުރުމާއި ބެހޭ މައުޟުއެއް އުފެދިގެން އައުމުން އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް އިތުރުވިއެވެ. ހާއްސަކޮށް މިއީ މީޑިއާގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ހިންގި އަމަލެއްތޯ ވެސް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ހަސަން ލަތީފްގެ އިތުރުން އެމްޑީޕީ ތަމްސީލު ކުރައްވާ ގިނަ މަޖިލީސް މެމްބަރުންވެސް އަމީންދެކެ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: