ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް އެކެޑަމީގެ ބޯޑުގައި އައްޑޫ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހަދާނަން: ރައީސް ނަޝީދު

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރަމުން އަންނަ ފުލުހުންގެ ޓްރޭނިން އެކަޑެމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް އެމްޑީޕީން ދަނީ ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން، އެ ޕާޓީން ވަނީ މި މަހު ބޮޑު ތިލަދުންމައްޗަށް “އެޖެންޑާ 19 ރަށަށް” ގެ ނަމުގައި ހާއްސަ ދަތުރެއް ވެސް ކޮށްފައެވެ.

އެމްޑީޕީއިން ލޯކަލް ކައުންސިލު އިންތިހާބާ ދިމާކޮށް އައްޑޫ ސިޓީ ކައުންސިލުގެ މެނިފެސްޓޯ ހެދުމަށް ހާއްސަ ވޯކްޝޮޕެއް ވަނީ ފަށާފައެވެ. ރައީސް ނަޝީދު ވިދާޅިވީ ޕޮލިސް އެކެޑެމީ އާއި ގުޅޭގޮތުން ދެކެވުނީ ތަފާތު ވާހަަކަތަކެއް ކަމަށެވެ. އެގޮތުން އެކަޑެމީއަށް އަމާޒުކޮށް ނިސްބަތްކޮށް ޕޮލިސް އެކެޑެމީ” އާއި “އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް” ކިޔައި އުޅުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ވާހަކަ ދެކެވުނަސް މިހާރު އެއީ “އިންސްޓިޓިއުޓް އޮފް ލޯ، އޯޑާ އެންޑް ސްޓްރެޓަޖިކް ސްޓަޑީޒް” ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ސަރަހައްދެއްގައި އިންޑިއާ އިން ހަދާ ތަނަކީ ހަމައެކަނި ޕޮލިސް އެކެޑަމީއެއް ނޫން ކަމަށެވެ. ތަނުގެ ބޯޑުގައި ސިޓީ ކައުންސިލްގެ މެމްބަރަކު އިންނަ ގޮތަށް “ވައުދު” ވެވޭނެ ކަމަށާއި، އޭގެ މަގްސަދަކީ ބޮޑު އިންސްޓިޓިއުޓަކަށް އެތަން ބަދަލު ކުރުން ކަމަށެވެ.

“އެތަން ހިންގުމުގައި ސިޓީ ކައުންސިލަށް އޭގެ ބޯޑުގައި މީހަކު އިންނަ ގޮތަށް ކަންތައްތައް ގެންދިޔުމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ. އަދި އެއީ ބޮޑު އިންސްޓިޓިއުޓަކަށް އެތަން ބަދަލު ކުރުމަށާއި، ހަމައެކަނި ޕޮލިސް ޓްރެއިނިން ތަނެއް ނޫންކަމަށް ތިބޭފުޅުންނަށް ވައުދު ވެވޭނެ،” ރައީސް ނަޝީދު

މި ޓްރޭނިން އެކަޑެމީ އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު އައްޑޫގައި އެމްޑީޕީން ހިންގި ހަމަނުޖެހުންތަކުގައި އަލިފާން ރޯކުރި ޓްރޭނިން ސްކޫލް ގައި ރޯކުރުމުން، ހިލޭ އެހީގެ ގޮތުގައި އިންޑިއާގެ ސަރުކާރުން ހިންގައިދޭ މަޝްރޫއެކެވެ.

ސީދާ އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުން އެތަނުގެ ހުރިހާ މަސައްކަތަކެއް ކުރިއަށް ގެންދާއިރު، މި މަޝްރޫ އަށް 18 މިލިއަން ޑޮލަރު އިންޑިއާ އިން ހޭދަކުރާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. ޖުމްލަ 18 މިލިއަން ޑޮލަރު ހަރަދުކޮށްގެން، އައްޑޫގައި ޕޮލިސް އެކެޑަމީއެއް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާންކުރީ އޭޕްރީލް 6، 2014 ގަ އެވެ.

މި އިންސްޓިޓިއުޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި އެތަން ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި އެހެން ވެސް ޓްރެއިނިން ސެންޓަރެއްގައި ހުންނަން ޖެހޭ މުހިއްމު ވަސީލަތައް ހިމެނޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: