ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އިދިކޮޅަކީ ޗެނަލް ތޭރައިން ދައްކާ މަޑިސީލަ ޕްރޮގްރާމް އެކަނި: މެމްބަރު ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ފެންނަން އޮތް ހަމަ އެކަނި އެއްޗަކީ ޗެނަލް ތޭރައިން ދައްކާ “މަޑިސީލަ” ޕްރޮގްރާމް ކަމަށް ރައްޔިތުންގެ މަޖްލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު އިދިކޮޅުގައި މާ ވަރުގަދަ ޕާޓީއެއް ނެތުމަކީ ޤަބޫލު ކުރަންޖެހޭ ޙަގީގަތެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ދުވަހެއް ދުވަހަކަށް ފެންނަމުން ދަނީ އިދިކޮޅު ޕާޓީތައް ވަދުވެ، މޯޅިވަމުންދާ މަންޒަރު ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެކޭ ބުނާވަރުގެ ބަޔަކަށްވެސް ފެންނަނީ ޗެނަލް ތޭރައިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމް ކަމަށެވެ.

“މާބޮޑު އިދިކޮޅެއް ނެތް ޙަޤީގަތުގައި، އިދިކޮޅު އޮތީ ވަދުވެގެންގޮސް ވެއްޓެން ކައިރިވެފައޭ ބުންޏަސް ދޮގަކަށްނުވާނެ، އިދިކޮޅުގައި މިހާރު ފެންނަން އިން ހަމައެކަނި އެއްޗަކީ ޗެނަލް ތޭރައިން މިދައްކާ މަޑިސީލަ ޕްރޮގްރާމް، އެއީ އިދިކޮޅަކީ” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން އުތުރުގެ އަތޮޅު ތަކަށް ކުރަމުންދާ ދަތުރުތަކަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ކުރަމުންދާ ދަތުރުތަކެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކުރަންޖެހޭ ސަތޭކަ ޕަސެންޓް މަސައްކަތް ޕީޕީއެމް – ޕީއެންސީ ކޯލިޝަނަކަށް ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރަށްރަށަށް ގޮސް ބައެއް ގޭގެއަށް ވަދެލުމަކުން ނުނިމޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށްވުރެ ރަނގަޅަށް ކަންކަން ކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ސިފަކުރެއްވި ގޮތުގައި ޕީޕީއެމް، ޕީއެންސީ އަކީ ބައްޕަ އާއި ދަރިފުޅެވެ. ނަޝީދު ވިދާޅުވީ ޕީއެންސީ އުފައްދަން ޖެހުނީ އޭރުގެ ޙާލަތު އޮތް ގޮތުން ކަމަށެވެ. ދެ ނަމެއްގައި ހިންގިޔަސް އެއީ ދެޕާޓީއެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްތަކެއް ކުރިޔަސް، އިދިކޮޅު ފަރާތްތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ކުރެވޭނެ ހުކުމެއް ކަމުގައި ނުދެކޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: