ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަމީހުގެ މައްސަލައިގައި މަހުލޫފު “ރަތަށް”

މަހުލޫފް ތުރުކުރައްވައިގެން ހުންނެވި ވައްތަރުގެ ގަމީހެއް ވިއްކަން ވެބްސައިޓެއްގައި- އެ ގަމީހުގެ އަގު އުޅެނީ 896 ޑޮލަރަށް--
ޝެއާރކޮށްލާ ކަހަލަދޯ؟

“މަރުހަބާ 2020″ގެ ނަމުގައި އުރީދޫން ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާ އަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ގަމީހަށް މި ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ގަމީހުގެ އަގާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ގޮތުން މިނިސްޓަރު ވަނީ ކޯފާވެފަ “ރަތަށް އަރާފަ އެވެ.”

އިޓަލީގެ އަގުބޮޑު ބްރޭންޑެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާގެ ޑިޒައިންގެ އެ ގަމީހުގެ އަގު އުޅެނީ 800 ޑޮލަރު (12336ރ.) އަށް ވުރެ މަތީގައި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރިުމާއި ގުޅިގެން، އެކަމަށް ޓްވިޓާގައި ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ދެކޮޅު ޓިކެޓް ނަގައިގެން، ދުބާއީ އަށް ގޮސް އާ އަހަރުގެ ސޭލުން އެ ގަމީސް ގަތަސް ގަމީހުގެ އަގު 800 ޑޮލަރު ނާރާނެ ކަމަށެވެ.

އެ ޚަބަރު ގެނެސްދިން މީޑިއާތަކުން މިނިސްޓަރުގެ ބަހެއް ހޯދާފައިނުވާތީ ވެސް މަހްލޫފް ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ.

މުށިކުލައިގެ އެ ގަމީސް ޑިޒައިން ކޮށްފައިވަނީ ހެރަލްޑްރީ ޕްރިންޓަކަށެވެ. އެ ޑިޒައިންގެ ގަމީސް ބޭރުގެ ޝޮޕިން ވެބްސައިޓުތަކުގައި ވިކަން ހުރީ 872 ޑޮލަރާއި 995 ޑޮލަރާ ދޭތެރޭ އަގުތަކެއްގަ އެވެ. ނަމަވެސް މިނިސްޓަރު ތުރުކުރައްވައިގެން ހުންނެވީ ކޮން ކޮލެޓީއެއްގެ ގަމީހެއް ކަމެއް ނޭނގެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: