ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 27 މައްސަލަ ޖެންޑަރ އަށް!

ޖިންސީ ގޯނާއާ ދެކޮޅަށް މާލެގައި ބެއްވި އެއްވުމެއްގެ ތެރެއިން --- ސަންގު ފޮޓޯ: ޒިދާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 27 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށައަޅަައިފިއެވެ.

ޖެންޑަރގެ މިދިޔަ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، ކުޑަ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް އިހުމާލުވުމުގެ 66 މައްސަލައަކާއި، ޖިންސީ ގޯނާގެ 27 މައްސަލައަކާއި، ޖިސްމާނީ ގޯނާގެ 15 މައްސަލައަކާއި، ނަފުސާނީ ހާނިއްކަގެ 14 މައްސަލައަކާއި، ގެވެށި އަނިޔާ ކުރާތަން ފެނުމުގެ އަށް މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.

މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓް ކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި ބާވަތުގެ ގޯނާ ކުރާ މައްސަލަތަކަށްވާއިރު، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ގައުމު ވަނީ ހޫނުވެފަ އެވެ. މިދިޔަ މަހު ފެންމަތިވި އެ މައްސަލައަށް ފަހުގައި އެ ބާވަތުގެ އިތުރު މައްސަލަތައް އަންނަނީ ހާމަވެ ފުލުހަށާއި ޖެންޑާއަށް ރިޕޯޓް ކުރެވެމުންނެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 17 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ވެކްސިން ނުދިނުމުގެ ހަތް މައްސަލައަކާއި، ތައުލީމަށް ހުރަސް އެޅުމުގެ ހަ މައްސަލައަކާއި، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ ދެ މައްސަލައަކާއި، ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައަކާއި ގަދަކަމުން ކުއްޖަކާ ކައިވެނި ކުރުމުގެ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: