ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ދިފާޢުގައި ނުކުންނަން ކެރެނީ މަދު ބަޔަކަށް: މިނިސްޓަރ

ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ފޮޓޯ: ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ދިފާއުގައި އަމިއްލަ މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށްލަން ކެރޭނީ ވަރަށް މަދު ބަޔަކަށްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަމިއްލަ މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށްލައިގެން ދީނާއި ޤައުމުގެ ސިފާޢުގައި ނުކުންނަށް ކެރޭނީ ގައުމު ދެކެ ވަރަށް ބޮޑަށް ލޯބިވާ މަދު ބަޔަކަށް ކަމަށެވެ.

ހުރަވީ ދުވަސް ނިސްބަތްވާ ދޮންބަންޑާރައިންގެ ވާހަކަތަކުން އެމަނިކުފާނުގެ ހިތުގައި ގައުމާ ދޭތެރޭ އޮތް ލޯބި ވަރަށް ރަނގަޅަށް އެނގިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޮޅިންނާ ހަނގުރާމަކުރެއްވިއިރު، އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްކުރައްވާފައިނުވާކަމަށް ވިދާޅުވިއެވެ.

ދޮންބަންޑާ ކުރެއްވިހާވެސް ކަމަކީ އަމާނާތްތެރިކަމާއެކު ގައުމު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭތޯ މަސައްކަތްކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީހެއްގެ ޝަހްސިއްޔަތު މީހާ ހުންނަ ސިފައަކުން، އެ މީހާ ލާ ހެދުމަކުން ނުވަތަ ނިސްބަތްވާ އާއިލާއަކުންވެސް ނޭނގޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީހާގެ ޝަހްސިއްޔަތު ހާމަވެގެންދާނީ ބޮޑު ކަމެއް ކުރިމަތިވާ ދުވަހު އެކަމާކާއި ކުރިމަތިލާ ގޮތަކުން ކަމަށެވެ. އަދި މީހާގެ ޝަހިސިއްޔަތު ހާމަވެގެންދާނީ ކަމެއް ދިމާވުމުން، އެމީހާގެ ބަސްމަގާއި އަމަލުތައް ހުންނަގޮތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދޮން ބަންޑާރައިންގެ ވާހަކައިން ދަސްކުރަންޖެހޭ ވަރަށް ގިނަ ފިލާވަޅުތައް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ރަނގަޅު ޝަހްސިއްޔަތެއް ބިނާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަނގަޅު ޝަހްސިއްޔަތަކަށް ވުމަށް މަސައްކަތް ކުރުމަށް އެންމެ ރަނގަޅު އުމުރަކީ ސްކޫލު ދައުރުގައި ކިޔަވާ އުމުރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ކޮންމެ ދަރިވަރަކީވެސް އަމިއްލަ އެދުމަށްވުރެ، އެހެންމީހުންނަށް އިސްކަންދިނުމަށް ހުރިހާ ދަރިވަރުންނަށް ވަނީ އިލްތިމާސް ކުރައްވާ ކަމަށެވެ. ރާއްޖެ، މިއަދު މިހާ ހަމައަށް އައިސްފައިވަނީ އަމިއްލަ އެދުމަށްވުރެ ގައުމީ ލޯބި އިސްކުރި މަދު ބަތަލުންތަކެއްގެ ސަބަބުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: