ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް ޖެހިގެން ހަލު ސީރިއަސްވާ ހާލަތެއްގައި ފަރުވާ ދިނުމަށް ދަރުމަވަންތައިގައި އައިސީޔޫއެއް!

ދަރުމަވަންތަ ހޮސްޕިޓަލް -- އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން މުޅި ދުނިޔެއަށް ހަލުވިކޮށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބެހެއްޓޭނެ ވަސީލަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމްކޮށް، ބަލި ޖެހިފައިވާ މީހަކު ފެނި އެމީހާގެ ހާލު ސީރިއަސްވާ ހާލަތެއްގައި ފަރުވާ ދިނުމަށް ހާއްސަ އައިސީޔޫއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ދެ އައިސޮލޭޝަން ފެސިލިޓީއާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމު ކުރި އައިސީޔޫ ފެސިލިޓީއަކީ ރާއްޖެއިން މި ބައްޔާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް ކަމަށެވެ.

ރައީސް އޮފީހުން ބުނީ، މިކަމަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި ގަވައިދުން މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިމަހު 22 ގައި ތާމަލް ސްކްރީނިންގް ސެޓަޕެއް ގާއިމު ކޮށްފައިވާނެ ކަމަށާއި އާދިއްތަ ދުވަހު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ތާމަލް ކެމެރާ ހަރުކޮށްފައި ވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެހެން “އެންޓްރީ ޕޮއިންޓް” ތަކުގައި ކެމެރާ ހަރު ކުރުމަށް ބޭނުންވާ ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި ކޮރޯނާ ވައިރަސްއަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަކީ 12 އެނދުގެ ފެސިލިޓީއެކެވެ. އަދި އެއާޕޯޓުގައިވެސް އެފަދަ ފެސިލިޓީއެއް ގާއިމުކޮށްފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ އައިސީޔޫ ފެސިލިޓީ ގާއިމުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައި ގާއިމުކޮށްފައިވާނީ ހަތަރު އެނދުގެ ފެސިލިޓީއެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރާއްޖެން އަދި މިހާތަނަށް ކޮރޯނާ ވައިރަސް ފެނިފައި ނުވި ނަމަވެސް، އެ ވައިރަސް ރާއްޖެ އައުން ވަރަށް ގާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: