ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ދައުރުގެ މެދު ތެރެއިން އިންތިޚާބެއް ބާއްވަންޖެހޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު—ފޮޓޯ:- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު، ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަނުން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަދައްވަމުންނެވެ.

ޝަރީފް ވިދާޅުވީ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބު ބާއްވަންޖެހޭ އެތައް ސަބަބެއް މިހާރު އެބަހުރި ކަމަށެވެ. އަދި މިސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އެކަށީގެންވާ، ހިދުމަތްތަކެއް ފޯރުކޮށްދެވިފައި ނުވާކަމަށެވެ. އެހެންވެ ސަރުކާރަށް މިވަގުތު ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ، ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ ސަބަބުތަކެއް ހުރި ނަމަވެސް މިސަރުކާރަށް އެކަން ކުރަން ނުކެރޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“އަމިއްލަ ޕާޓީގައި، އަމިއްލަ ކޯލިޝަނުގައި ތިއްބެވި ބޭފުޅުން މި ސަރުކާރަކުން ރައްޔިތުން ބޭނުންވާ ހިދުމަތެއް ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވާ ކަމަށްވެއްޖެއްޔާ، ރައްޔިތުންނަށް ރަނގަޅު ގޮތެއް ވާން ބޭނުންވާ ކަމަށް ވެއްޖެއްޔާ، ހެޔޮގޮތެއް ވާން އެދޭ ކަމަށް ވެއްޖެއްޔާ، ދެން އެންމެ ރަނގަޅު ގޮތަކަށް ވާނީ ވީހާ އަވަހަކަށް މިޑްޓާމް އިލެކްޝަނަކަށް ގޮސް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް މަސައްކަތް ކުރުން” އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ދައުރުގެ މެދު ތެރެއިން އިންތިޚާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްވިޔަސް އެކަންކުރަން މިސަރުކާރަކަށް ނުކެރޭނެ ކަމަށެވެ.

އަވަސް އިންތިޚާބެއް ބާއްވަން އުޅެފިނަމަ މިހާރު އޮތް ކޯލިޝަން ރޫޅޭނެ ކަމަށާއި، މި ކޯލިޝަނާ ނުލައި އެމްޑީޕީ އަށް ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރަށް ތާއީދުކުރި ބައެއް މީހުންވެސް މިސަރުކާރަށް ހިދުމަތް ނުދެވޭ ކަމަށް ގަބޫލުުރައްވާ ކަމަށެވެ. ގައުމީ ބޮޑެތި ކަންކަމުގައި ވެސް އެކަށީގެންވާ ގޮތަކަށް ސަރުކާރަށް ޖަވާބު ނުދެވި ބަލިކަށިވެ ފެއިލްވަމުންދާ މަންޒަރުވެސް މިއަދު ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: