ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުވަނީ ދޮގުވާހަކައެއް، ޕާޓީއެއް ހަދާނަމަ ތާއީދު ލިބޭނެ: ނާޒިމް

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ކަމަށްބުނެ ފަތުރަނީ ސައްޙަ ނޫން މައުލޫމާތެއް ކަމަށާއި ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ރައްޔިތުންގެ ތާއީދު އޮންނާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ގުޅިގެން ސިޔާސީ ޕާޓީއެއް ހަދަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ އޭނާ އަކީ މިހާރު ވެސް ރައްޔިތުން ގާތަށްގޮސް ބޮޑު ތާއިދަކާއެކު މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

ސިޔާސީ މައިދާނުގައި އިތުރު ކަމެއް ކުރައްވަން ގަސްތުކުރި ނަމަ ރައްޔިތުންގެ ތާއިދު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

“އަޅުގަނޑަކީ ރައްޔިތުންގެ ގާތަށް ގޮސް ބޮޑު ތާއީދަކާއެކު މިހާރު ވެސް އިންތިހާބީ މަގާމެއް ފުރަމުންދާ މީހެއް. ސިޔާސީ ޕާޓީއެއް އުފައްދަން ގަސްތު ކޮށްފިނަމަ އެކަމަށް ވެސް ރައްޔިތުން ތާއީދު ކުރާނެ، އިންޝާﷲ.” ނާޒިމް ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް

މެމްބަރު ރިޔާޒް އަދި މެމްބަރު ނާޒިމަކީ ވެސް ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނެވެ. މި ދެ ބޭފުޅުން ގުޅިގެން ސިޔާސީ ޕާޓިއެއް އުފައްދަވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ހުއްޓާލީ ތާއިދުނުލިބިގެން ކަމަށް ބައެއް ނޫސްތަކުން ޚަބަރު ފެތުރިއެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭ ވާހަކައާ ގުޅިގެން ރިޔާޒް ވިދާޅުވީ ފަތުރަމުންދަނީ “ފޭކް ނިއުސް” އެއް ކަމަށެވެ. އަދި ޚަބަރު ލިޔާއިރު ރައްދުވާ ފަރާތުގެ ބަހެއް ހިމަނާފައި ނެތުމުން، އެ ޚަބަރަކީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ފަތުރަން ލިޔެފައިވާ އެއްޗެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މިހާރުވެސް ޤައުމީ ޚިދުމަތުގައި ހުންނެވީ، ރައްޔިތުންގެ ގާތަށް ގޮސް، ބޮޑުތަނުން ކާމިޔާބު ހޯއްދަވައިގެން ކަމަށެވެ.

ސިޔާސީ މަސައްކަތަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާ އެހެން ކަމުން ފިލާ ތިބެ އެފަދަ މަސައްކަތެއް ކުރެވޭނެ ގޮތެއް ނުވިސްނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްތަކަކީ ފިލައިގެން ތިބެ ކުރެވޭނެ ކަމެއް ނޫން. މީގެ ކުރިން ވެސް އަޅުގަނޑު މަސައްކަތްކޮށްފައި ވާނީ ރައްޔިތުންގެ ތާއީދާ އެކުގައި،” ރިޔާޒް ވިދާޅުވި އެވެ.

ނާޒިމާއި ރިޔާޒަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ދެބޭފުޅުންނަށް ވިޔަސް ޖޭޕީއާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

އެވާހަކައިގެ ތަފްސީލު ނުދެއްވި ނަމަވެސް، އޭގެ ސަބަބެއް ކަމަށް ބެލެވިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ކުރިން އިސްވެ ތިއްބެވި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީ ހިންގުމުގެ ކަންކަމާއި ހަވާލުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: