ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިމަރީ ނާކާމިޔާބުވި، މޭޔަރުންނަށް އިތުރު މަޤާމެއް ދެނީ!

އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބު ޕްރައިމަރީގެ ނަތީޖާ ފާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިިޚާބު ނާކާމިޔާބުވި، މޭޔަރުންނަށް އިތުރު މަޤާމެއް ދީފާނެކަމުގެ އިޝާރާތެއް  އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު އެފަދަ އިޝާރާތެއް ކުރައްވާފައި ވަނީ މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސިޓީތަކުގެ މޭޔަރުކަމުގައި މިހާރު ތިބި ފަރާތްތަކަށް، އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިވި ނާކާމިޔާބާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އެހެންކަމުން ޕްރައިމަރީއިން ބަލިވި ފަރާތްތައް އިސް އެހެން މަޤާމުތަކުން ފެނުމުގެ ފުރުސަތު އެބަ އޮތެވެ.

އިތިރަށް ވާހަދައްކަވަމުން، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް ނާކާމިޔާބުވީ ފެއިލްވުމުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ރައީސް ނަޝީދު ވަނީ އެ ފަރާތްތައް ފެއިލްވީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވެ، އެކަން ފާހަގަކުރައްވާފައެވެ.

“ކޮންމެހެން ނުޖެހޭ ނާކާމިޔާބުވީ މީހުން މުޅިން ބާކީވާކަށް. އަޅުގަނޑާއި ވާހަދެއްކުނު އައްޑޫ މޭޔަރުގެ ޕްރައިމަރީ ކާމިޔާބު ކުރި ނިޒާރު އާއި މާލޭ މޭޔަރުގެ ޓިކެޓް ލިބުނު އަނަސް. މިހާރު މި އައި ބަދަލުތަކާއި އެކު ލަފާ ދޭނެ މީހުންވެސް ބޭނުންވޭ އެބަ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ނެގުމަށް ފަހު، ސިޓީ ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މި އިންތިޚާބުގައި އެމްޑީޕީއިން އެއްވެސް ބަޔަކާއި އެކު ކޯލިޝަން ނުހަދާނެކަމަށް ވެސް ވިދާޅުވެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: