ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ޓީއެމް ދަނީ އޮޅުވާލަމުން، ބޭނުންވަނީ ވިޔަފާރީގެ ވާދަވެރިކަން ނައްތާލަން: މަންތާ

މަންޓާ އެއާގެ ފްލައިޓުތައް ރާއްޖޭގެ ދެކުނަށް ފަށަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ހަދާ އައު ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން ޓީއެމްއިން ދަނީ އޮޅުވާލަމުން ކަމަށާއި ބޭނުން ވަނީ ސީޕްލޭން ދާއިރާގެ ވިޔަފާރީގެ ވާދަވެރިކަން ނައްތާލަން ކަމަށް މަންތާ އެއާލައިންއިން ބުނެފިއެވެ. 

ސީޕްލޭން ޓާމިނަލް ދޫކުރަން ނިންމައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް މަންތާއިން ވަނީ ތާއިދުކޮށްފައެވެ. އަދި ސަރުކާރުގެ ނިންމުނާއި ދެކޮޅަށް ޓީއެމްއޭއިން ކުރަމުންދާ މަސައްކަތާއި ދައްކަމުންދާ ވާހަކަތަކުގެ ބޭނުމަކީ މުޅި ވިޔަފާރި ޓީއެމްއޭގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށް މަންތާއިން ވަނީ ތުހުމަތު ކޮށްފައެވެ. 

ޔުނިވާސަލްގެ ބޮޑު ހިްސާއެއް އޮންނަ މަންތާއެއާއިން ވަނީ ޓީއެމްއޭގެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދަށާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ސިޓީއެއް ވެސް ފޮނުވާފައެވެ.އ ަދި އައު ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި މަންތާގެ ވާހަތާއިން ވަނީ ރައްޔިތުންގެ މަޖިލީޙުގެ މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރުމަށް ވެސް އެދިފައެވެ. 

މާލީއްޔަތު ކޮމިޓީގައި  ވާހަކަ އަކަށް ޓީއެމްއޭ އިން ބުނެފައި ވަނީ، އާ ސީޕްލޭން ޓާމިނަލުން އެ ކުންފުންޏަށް، މިހާރު ވެސް ބިން ދޫކޮށްފައިވާ އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށެވެ. އާ ޓާމިނަލުގެ ޖާގައާ ގުޅޭ ގޮތުން 2017 ގައި އެމްއޭސީއެލް އިން އެ ކުންފުންޏަށް ފޮނުވި ސިޓީ އަކީ، ޓީއެމްއޭ އިން ގަބޫލުކުރާ ގޮތުގައި، އެއްބަސްވުމެކެވެ. އެކަމަކު އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް އެ ވާހަަކަ ދޮގުކުރެ އެވެ.

މަންތާއިން ބުނެފައި ވަނީ  އެމްއޭސީލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާ އާ ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ސަރުކާރުން ނިންމައި ފިނޭންސް މިނިސްޓްރީން އާއްމުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން އޮޕަރޭޝަންތައް ހިންގޭނެ ހައްލެކެވެ. އެ ހައްލު ގަބޫލުނުކޮށް، މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގަން ޓީއެމްއޭ އިން ކުރާ މަސައްކަތާ ދެކޮޅު ކަމަށް މަންތާއިން ވަނީ ބުނެފައެވެ.

ޓީއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާ ޓާމިނަލް ޓީއެމްއޭ އަށް ދެވޭނެ މުއްދަތާއި ޖާގަ އާއި ކުލި އަދި ކޮންޓްރެކްޓުގެ މުއްދަތާއި ގުޅޭ ގޮތުން ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮތުމަކީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބުކަން އެ ކުންފުނިން ސަރުކާރަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: